އެމްއެންޑީއެފުން މިއަދު ބުނެފައި ވަނީ އެމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.
ވިލިމާލެ ކައިރީ އޮތް ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު އިންޑިއާ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"އިން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓިގެން، އެމީހާ ހޯދުމުގެ މަސައްކަތް ހޯމަ ދުވަހުގެ ރެއިން ފެށިގެން ދަނީ ކުރަމުންނެވެ.
މި ހާދިސާ ރިޕޯޓް ކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ 11:35 ހާއިރު އެވެ.
އެމްއެންޑީއެފުން މިއަދު ބުނެފައި ވަނީ އެމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ދަނީ ކުރަމުންނެވެ.