ވިލުފުށީ އެއާޕޯޓްގެ މަސައްކަތް މިއަދު ފަށައި، ދެ އަހަރާ ބައިން ނިންމަނީ

"ބިން ހިއްކުމުގެ އަމަލީ މަސައްކަތް މާދަމާ ފަށާނެ. އެ މަސައްކަތް ފަށާގޮތަށް އެއްކޮށް ނިންމައި 30 މަސް ދުވަސް އެއީ ދެ އަހަރާއި ބައި ތެރޭ ހުޅުވާނަން،" ރައީސް ރޭ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލުފުށީގައި ވާހަކަ ދައްކަވަނީ --

ވިލުފުށީގައި ތަރައްގީ ކުރާ އެއާޕޯޓްގެ މަސައްކަތް މިއަދު ފަށައި، ދެ އަހަރާ ބައިން ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅަށް ދަތުރުފުޅުގެ ތެރެއިން ރޭ އެއަތޮޅު ވިލުފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ވިލުފުށި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ގިނަވެގެން 30 މަސްދުވަސް ތެރޭ 1800 މީޓަރުގެ ރަންވޭއަކާ އެކު އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމަވާނެ ކަމަށެވެ.

"ބިން ހިއްކުމުގެ އަމަލީ މަސައްކަތް މާދަމާ ފަށާނެ. އެ މަސައްކަތް ފަށާގޮތަށް އެއްކޮށް ނިންމައި 30 މަސް ދުވަސް އެއީ ދެ އަހަރާއި ބައި ތެރޭ ހުޅުވާނަން،" ރައީސް ރޭ ވިދާޅުވި އެވެ.
 
އަދި، އެރަށު ހޮސްޕިޓަލުގެ މަސައްކަތްވެސް މިއަދު އަމަލީ ގޮތުން ފަށައި ގިނަވެގެން ދޮޅު އަހަރުތެރޭ ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ރަށާ ހަވާލުކުރައްވާނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އެރަށުގައި ނިމިފައިހުރި ހައުސިން ޔުނިޓުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ އިންތިޒާމު ހަމަޖައްސަވައި، ހައްގުވެރީން ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިހުތިޔާރު ލިބޭގޮތަށް، 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާކަން ވެސް ރައީސް ރޭ ވަނީ ވިލުފުށީގައި އިއުލާނު ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.