ހުޅުމާލޭ ސްވިމިން ޓްރެކް ސަރަހައްދުގެ ގޮނޑުދޮށް މަރާމާތު ކުރަން ފަށައިފި

އެޗްޑީސީ އިން ބުނީ ހުޅުމާލެ ސުވިމިން ޓްރެކް ސަރަހައްދުގައި މި މަސައްކަތް ކުރަމުން ދާތީ، މަސައްކަތް ކުރަމުން ގެންދާ ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި އާއްމުންގެ ތަކެއްޗާއި ވިޔަފާރި މުދާ ވީއެންމެ އަވަހަކަށް ނަގައި ދިނުމަށް އެދޭ ކަމަށެވެ.

ހުޅުމާލެ ފޭސް އެކެއްގެ ސުވިމިން ޓްރެކް ސަރަހައްދުގެ ގޮނޑުދޮށް މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ -- އެޗްޑީސީ

ހުޅުމާލެ ފޭސް އެކެއްގެ ސުވިމިން ޓްރެކް ސަރަހައްދުގެ ގޮނޑުދޮށުން ހަވާލުވެފައިވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީ އިން ފަށައިފި އެވެ. 

އެޗްޑީސީ އިން ބުނީ ހުޅުމާލެ ސުވިމިން ޓްރެކް ސަރަހައްދުގައި މި މަސައްކަތް ކުރަމުން ދާތީ، މަސައްކަތް ކުރަމުން ގެންދާ ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި އާއްމުންގެ ތަކެއްޗާއި ވިޔަފާރި މުދާ ވީއެންމެ އަވަހަކަށް ނަގައި ދިނުމަށް އެދޭ ކަމަށެވެ.

"މި ސަރަހައްދުގައި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މި ސަރަހައްދަށް މީހުން ވަދެ އުޅުމަކީ ރައްޔާތެރިކަމަށް ނުވާތީ، މި ސަރަހައްދަށް އާއްމުން ނުވަންނަން އެ ކޯޕަރޭޝަނުން އިލްތިމާސް ކުރެ އެވެ،" އެޗްޑީސީ އިން ބުނެފައިވެ އެވެ. 

ހުޅުމާލެ ސުވިމިން ޓްރެކް ސަރަހައްދުގެ ގޮނޑުދޮށް ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. މި ސަރަހައްދު ހަދާފައިވަނީ ކޮންކްރީޓް ވެލި ބަސްތާ ޖަހައިހެން ހުޅުމާލެ ފުރަތަމަ ހިއްކި ދުވަސްވަރު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.