އދ. ގެ ފާސް ހޯދަން ރަސްމީކޮށް ނަޝީދުގެ އޮފީހުން އެދިފައެއް ނުވޭ: މިނިސްޓްރީ

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށްވުމުން، ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ އިއްޒަތް އެމަނިކުފާނަށް ވެސް އަރުވަމުންދާ ކަމަށެވެ.

ފޮރިން މިނިސްޓްރީ --

އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން ރަސްމީކޮށް އެދިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ނަޝީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުގެ ދިދައާއި ނިޝާން ޖެހި ފާހުގައި ރާއްޖެ ތަމްސީލު ކުރުމަށް، އެކި ޖަލްސާތަކާއި ހަފްލާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ބޭނުންވެވަޑައިގަންވާތީ އެ ފާސް ހޯދުމަށް މިނިސްޓްރީގައި އެދުމުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށްވުމުން، ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ އިއްޒަތް އެމަނިކުފާނަށް ވެސް އަރުވަމުންދާ ކަމަށެވެ.

"އެގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން، ބޭރުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ހަމަޖައްސަން ޖެހޭ އިންތިޒާމުތައް މި މިނިސްޓްރީއާއި އެ ގައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން މިހާތަނަށް ވެސް ވާނީ ހަމަޖައްސާފައި،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައި ވެސް، ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ހަމަޖައްސަމުން ގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ،

ނަޝީދުގެ އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ އެމަނިކުފާނު މިވަގުތު ހުންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކަމަށާއި، އެހެންކަމުން ރަސްމީ ހައިސިއްޔަތުން އދ. އަށް ވަދެވަޑައިގަމަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ކުރީގެ ރައީސް ކަމާއި، ކުރީގެ ރައްޔިތުންގެ މަޖިލީސް ރައީސް ކަމާއި، ކުރީގެ މަޖިލީސް މެންބަރު ކަމާއި، ކުރީގެ ގަލޮޅު އަވަށް ހިންގާ ސެކްރެޓަރީކަމުގެ ހައިސިއްޔަތުން ދިވެހި ދިދައާއި ނިޝާން ޖެހި ފާހުގައި ރާއްޖެ ތަމްސީލު ކުރުމަށް، އެކި ޖަލްސާތަކާއި ހަފްލާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ނަޝީދު އަބަދުވެސް ބޭނުންވެވަޑައިގަންނަވާކަން އެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.