ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ނުވާ ތަންތަން ބަންދުކުރަން ފަށައިފި

މި އޮޕަރޭޝަނުގައި މިހާތަނަށް 25 ތަން ބަންދު ކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ނުވާ ތަނެއް ބަންދު ކުރަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޖޮއިންޓް އޮޕަރޭޝަނެއް ފަށައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު މި އޮޕަރޭޝަން ފަށާފައި ވަނީ މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެންނެވެ. މިއީ މާލެއާއި ވިލިމާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ ޖޮއިންޓް އޮޕަރޭޝަނެކެވެ.

ސިޓީ ކައުންސިލުން ބުނީ މި އޮޕަރޭޝަންގައި އިންސްޕެކްޓް ކުރަމުން ދަނީ، ސައި ހޮޓާތަކާއި، ކެފޭތަކާއި ރެސްޓޯރެންޓްތަކާއި، ޓޭކްއަވޭ ތަންތަނުގެ އިތުރުން، ކާބޯތަކެތީގެ ހިދުމަތް ދިނުމަށް އެމްއެފްޑީއޭ އިން ހުއްދަ ދީފައިވާ އެހެނިހެން ތަންތަނާއި، އެމްއެފްޑީއޭ ގެ ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން އެމްއެފްޑީއޭ ގެ ހުއްދަ ނުނަގައި، ގަވާއިދައި ހިލާފަށް، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި، ސާފްތާހިރުކަން ކުޑަކޮށް ކާބޯތަކެތި ހަދާ ތަންތަނަށް ނޯޓިސް ދީ، ބަންދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި އޮޕަރޭޝަނުގައި މިހާތަނަށް 25 ތަން ބަންދު ކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް މި އޮޕަރޭޝަނުގައި ބަލަންޖެހޭ ގިނަ ތަންތަން ހުރުމާއެކު، މި މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

މާލޭގެ ހަ ސަރަހައްދަކަށް ބަހާލައިގެން މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، ކޮންމެ ސަރަހައްދެއްގައި މާލެ ސިޓީ ކައުންސިލާއި އެމްއެފްޑީއޭ ގެ ޖޮއިންޓް ޓީމެއް ދަނީ ހަރަކާތްތެރި ވަމުންނެވެ. ވިލިމާލޭގެ ތަންތަން އިންސްޕެކްޓް ކުރާނީ މާލޭގެ އޮޕަރޭޝަން ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.