ނަޝީދަށް އދ ގައި ރާއްޖެ ތަމްސީލުވާ ގޮތަށް ސަރުކާރުން ފާސް ނުދިން ކަމަށް ބުނެފި

ސަރުކާރުން ހަމަޖައްސައި ނުދިނަސް، ފާސް ލިބިފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު --

އދ. ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އދ. މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ބޭނުންވާ ފާސް ދިނުމަށް ދިވެހި ސަރުކާރުން އިންކާރު ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފި އެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ނަޝީދު މިވަގުތު ހުންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކަމަށާއި، އެހެންކަމުން ރަސްމީ ހައިސިއްޔަތުން އދ. އަށް ވަދެވަޑައިގަމަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ކުރީގެ ރައީސް ކަމާއި، ކުރީގެ ރައްޔިތުންގެ މަޖިލީސް ރައީސް ކަމާއި، ކުރީގެ މަޖިލީސް މެންބަރު ކަމާއި، ކުރީގެ ގަލޮޅު އަވަށް ހިންގާ ސެކްރެޓަރީކަމުގެ ހައިސިއްޔަތުން ދިވެހި ދިދައާއި ނިޝާން ޖެހި ފާހުގައި ރާއްޖެ ތަމްސީލު ކުރުމަށް، އެކި ޖަލްސާތަކާއި ހަފްލާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ނަޝީދު އަބަދުވެސް ބޭނުންވެވަޑައިގަންނަވާކަން އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ އެއީ ރާއްޖެއަށް ލާބައާއި މަންފާ އެކަމުން ފޯރާނެ ކަމެއް ކަމަށާއި، ފޮރިން މިނިސްޓްރީގައި އދ މައި މަރުކަޒުގެ ފާހާ ގުޅޭ ގޮތުން ދެންނެވީ އެސަބަބަށްޓަކައި ކަމަށެވެ.

"ދައުލަތާއި ސަރުކާރުގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭބޭފުޅުން، އެބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ފުށުން ހައިސިއްޔަތު ލިބިވަޑައިގެން، ބައިނަލްއަގްވާމީ ރަސްމީ ޖަލްސާތަކާއި ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގްވާމީ ދަނޑުގެ އާދަކާދައެވެ." އެ ބަޔާނުގައިވެ އެވެ.

ސަރުކާރުން ހަމަޖައްސައި ނުދިނަސް، ފާސް ލިބިފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.