ސަރަހައްދީ އިންޓަނޭޝަނަލް އެއާޕޯޓްތަކަށް އަންނަ މީހުން އިތުރުވެއްޖެ

އޮގަސްޓް މަހުގެ ނިޔަލަށް ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓުގެ ނިޔަލަށް 1,486,926 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، ރާއްޖޭގައި އިންޓަނޭޝަނަލް ސްޓޭޓަސްގައި ހިންގާ ފަސް އެއާޕޯޓަށް ދިޔަ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.

މާފަރު އެއާޕޯޓަށް އެމިރޭޓްސްގެ ބޯޓެއް ޖައްސާފައި -- އޭވިއޭޓާ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީކޮށް ހިންގާ ސަރަހައްދީ އިންޓަނޭޝަނަލް އެއާޕޯޓްތަކަށް އަންނަ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ދައްކައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން އޮގަސްޓް މަހުގެ ނިޔަލަށް ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓުގެ ނިޔަލަށް  1,486,926 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، ރާއްޖޭގައި އިންޓަނޭޝަނަލް ސްޓޭޓަސްގައި ހިންގާ ފަސް އެއާޕޯޓަށް ދިޔަ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. 

ފަސް އެއާޕޯޓަށް ދިޔަ މީހުން

  •  ގަން އިންޓަނޭޝަނަލް އެއާޕޯޓް - 5,201
  •  މާފަރު އިންޓަނޭޝަނަލް އެއާޕޯޓް - 6,432
  •  ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް - 4,621
  •  މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓް - 3,365
  •  ކުޑަހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓް - 1,766

މި ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން މީހުން ދަތުރުކޮށްފައިވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އަށެވެ. މި އެއާޕޯޓަށް 6,432 ޓޫރިސްޓުން ދަތުރުކޮށްފައިވެ އެވެ. ދެން އެންމެ ގިނައިން މީހުން ގޮސްފައިވަނީ ސްރީންކަން އެއާލައިންގެ ސީދާ ދަތުރުތައް ކުރަމުން ގެންދާ ގޭން އިންޓަނޭޝަނަލް އެއާޕޯޓެވެ. މި އެއާޕޯޓަށް 5,201 ޓޫރިސްޓުން ދަތުރުކުރި ކަމަށް ދައްކަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.