ނޮވެމްބަރު 11އިން ފެށިގެން ރާއްޖޭން ބޭރުގައި ޑެބިޓު ކާޑުން ކެނޑޭ އަދަދު 1،000 ޑޮލަރަށް މަތިކުރަނީ

ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި ތިބޭ ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާ ކަން އެ މަނިކުފާނު އިއުލާނުކުރެއްވި

މ. މުލީގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

އަންނަ ނޮވެމްބަރު މަހުން ފެށިގެން، ރާއްޖޭން ބޭރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓު ކާޑުތަކުން ޕީއޯއެސް މެޝިނުތައް މެދުވެރިކޮށް ކެނޑޭ އަދަދު 1،000 ޑޮލަރަށް އިތުރުކުރެވޭނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ. 

ބީއެމްއެލް ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު މަހަކު 250 ޑޮލަރުން 500 ޑޮލަރަށް ދާދިފަހުން ވަނީ އިތުރުކޮށްފަ އެވެ.

މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅުގެ މުއްޔަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެ އަދަދު އަންނަ ނޮވެމްބަރުން ފެށިގެން 1،000 ޑޮލަރަށް އިތުރުކުރެވޭނެކަމަށް ވިދާޅުވެފަ އެވެ. 

އަދި ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި ތިބޭ ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާ ކަން އެ މަނިކުފާނު އިއުލާނުކުރެއްވި އެވެ. 

މީގެއިތުރުން، ރާއްޖޭން ބޭރަށް ބޭސްފަރުވާ އަށްދާ ދިވެހިންނަށް، ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ވެސް ނޮވެމްބަރު 11 އިން ފެށިގެން ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ، ބްލެކް މާކެޓުގައި އަގުބޮޑުކޮށް ޑޮލަރު ގަނެގެން ދިވެހިން އުޅެން ޖެހޭ ދަތިހާލުން އަރައިގަތުމަށް އަޅާ މުހިންމު ފިޔަަވަޅުތަކެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.

ޗައިނާ ފައިސާ، ޔޫއާން އިން އެކައުންޓް ހުޅުވޭނެ ބީއެމްއެލްއިން މިއަދު ހަމަޖެއްސިކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޗައިނާގެ ފައިސާގެ އެކައުންޓްތަކަށް ހާއްސަ، އަދި 180 އަށް ވުރެ ގިނަ ގައިއުމުގައި ބޭނުންކުރެވޭ ކާޑެއްކަމަށްވާ، ޔޫނިއަން ޕޭ ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރެވިގެންދާނެ ކަންވެސް އިއުލާންކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.