އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށް ބެލެންސް ސްޓޫޑިއޯ ހުޅުވައިފި

ޗާންދަނީމަގުގައި ހުންނަ އެމްއެފް ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހުޅުވި މި ސްޓޫޑިއޯގެ މައިގަނޑު އަމާޒަކީ އަންހެނުންނަށް ރައްކާތެރި އަދި ބާރުވެރިކުރުވަނިވި މާހައުލެއް ފޯރުކޮށްދިނުމެވެ.

ބެލެންސް ސްޓޫޑިއޯ ހުޅުވަން ބޭއްވި ރަސްމިއްޔާތު

ހާއްސަކޮށް އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށް "ބެލެންސް ސްޓޫޑިއޯ" ގެ ނަމުގައި އައު ވެލްނަސް އަދި ފިޓްނަސް ސްޓޫޑިއޯއެއް ހުޅުވައިފި އެވެ.

ޗާންދަނީ މަގު އެމްއެފް ބިލްޑިންގް (ކުރީގެ ބިގްމޭން) ހިންގި އިމާރާތުގައި މި ސްޓޫޑިއޯ ހުޅުއްވައި ދެއްވީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.

ބެލެންސް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މި ސްޓޫޑިއޯއަކީ އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަ ކުރެވިފައިވާ ވެލްނެސް ސްޕޭސްއެކެވެ. ޗާންދަނީމަގުގައި ހުންނަ އެމްއެފް ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހުޅުވި މި ސްޓޫޑިއޯގެ މައިގަނޑު އަމާޒަކީ އަންހެނުންނަށް ރައްކާތެރި އަދި ބާރުވެރިކުރުވަނިވި މާހައުލެއް ފޯރުކޮށްދިނުމެވެ.

ބެލެންސް ސްޓޫޑިއޯގައި ޔޯގާ އަދި ޕިލާޓީސްއަށް ޚާއްޞަ ސެޝަންތައް ހިންގުމަށް ހަމަޖެހިފައިވެ އެވެ. މި ސެޝަންތައް ފަރުމާކުރެވިފައިވަނީ ހުރިހާ އުމުރުފުރައެއްގެ އަދި ހުރިހާ ފިޓްނެސް ލެވެލްއެއްގެ އަންހެނުންނަށް އަމާޒުކޮށްގެންނެވެ. ޚާއްޞަކޮށް މާބަނޑު އަންހެނުންނަށް އަމާޒުކޮށްގެން ވަކި ޕްރޮގްރާމްތައް ހިންގާނެ އެވެ.

މި ސްޓޫޑިއޯގައި ކޮންމެ ކްލާހެއްވެސް ނަގައިދޭނީ ތަމްރީނު ލިބިފައިވާ ދާއިރާގެ ތަޖުރިބާކާރު ޕްރޮފެޝަނަލް އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުންނެވެ. މި އިންސްޓްރަކްޓަރުން ކޮންމެ ބައިވެރިއަކަށްވެސް އަމިއްލަ ޤާބިލުކަމާ އެއްގޮތަށް ކުރިއަށްދިއުމުގެ ފުރުޞަތު ދިނުމާއެކު އެކަށީގެންވާ އިރުޝާދު ފޯރުކޮށްދެއެވެ.

"ބެލެންސް ސްޓޫޑިއޯ" އިން ބުނީ މި ސްޓޫޑިއޯގެ ކްލާސްތަކަށް ރަޖިސްޓަރވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފަ އެވެ. އިތުރު މަޢުލޫމާތު ހޯދުމަށް އިންސްޓަގްރާމްގައި @balance.mv އަށް މެސެޖު ކުރުމުން ލިބޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.