ޖުމްލަ 2400 ޓީއީޔޫގެ މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާރިމަނަލްގެ އޮޕަރޭޝަންސްއަށް ދިމާވެފައިވާ މައްސަލަތަކަށް ބޮޑު ލުއިއެއް ލިބިގެންދާނެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ތިލަފުށީގައި ގާއިމްކުރި "އެމްޕްޓީ ކޮންޓޭނާ ޑީޕޯ" އޮޕަރޭޝަންސްތަކުގައި މިއަދުން ފެށިގެން ބޭނުންކުރަން ފަށައިފި އެވެ.
ޖުމްލަ 2400 ޓީއީޔޫގެ މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާރިމަނަލްގެ އޮޕަރޭޝަންސްއަށް ދިމާވެފައިވާ މައްސަލަތަކަށް ބޮޑު ލުއިއެއް ލިބިގެންދާނެ އެވެ. މި ޑީޕޯގެ ޖުމްލަ ކެޕޭސިޓީއަކީ 2400 ޓީއީޔޫސް އެވެ.
ތިލަފުށީގައި ގާއިމްކުރެވުނު "އެމްޕްޓީ ކޮންޓޭނާ ޑީޕޯ" ގައި 60 މީޓަރު ކި ވޯލެއް ތަރައްގީކޮށް، އެ ސަރަހައްދުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ.ސީ)އާ ހަވާލުކޮށްގެނެވެ. އެ މަސައްކަތަށްފަހު އެ ޑީޕޯގައި އޮޕަރޭޝަންސްގައި ބޭނުންކުރެވޭ ފެންވަރަށް ގެންދިއުމަށް އެމްޕީއެލްގެ ޓީމުތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރިކަން ފާހަގަކުރަމެވެ.