އެމްޕީއެލް | މިދިޔަ މަހު މުދާ ކްލިއާ ކުރި މިންވަރު ފަސް ޕަސެންޓް މައްޗަށް

އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިން ޖުލައި މަހު 6،320 ޓީއީޔޫސް (ޓްވެންޓީ-ފޫޓް އިކުއިވަލަންޓް ޔުނިޓްސް) ކްލިއަ ކޮށްފައިވާއިރު، އޯގަސްޓް މި އަދަދު ވަނީ 6،663 ޓީއީޔޫސް އަށް އިތުރުވެފަ އެވެ. މިއީ ފަސް އިންސައްތަ އިތުރު އަދަދެކެވެ.

އެމްޕީއެލް ވިޔަފާރި ބަނދަރުން މުދާ ނެރުމުގެ މަސައްކަތް ކުރަނީ -އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި މުދާ ކްލިއަ ކުރެވުނު އަދަދު ޖުލައި މަހާއި އަޅާބާލާއިރު އިތުރުވެއްޖެ އެވެ. 

އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިން ޖުލައި މަހު 6،320 ޓީއީޔޫސް (ޓްވެންޓީ-ފޫޓް އިކުއިވަލަންޓް ޔުނިޓްސް) ކްލިއަ ކޮށްފައިވާއިރު އޯގަސްޓް މި އަދަދު ވަނީ 6،663 ޓީއީޔޫސް އަށް އިތުރުވެފަ އެވެ. މިއީ ފަސް ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް ކްލިއާކުރެވުނު މުދަލުގެ ތެރޭގައި 20 ފޫޓުގެ 2،607 ކޮންޓެއިނަރާއި 40 ފޫޓުގެ 2،028 ކޮންޓެއިނަރު ހިމެނެ އެވެ. މި މުއްދަތުގައި އެމްޕީއެލްގެ ބަނދަރުގެ ހިދުމަތް ހޯދި އުޅަނދުފަހަރުގެ ތެރޭގައި 20 ކޮންވެންޝަނަލް އުޅަނދާއި 14 ކޮންޓެއިނަރު ބޯޓު ހިމެނެ އެވެ.

އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް މުދަލުގެ ތެރެއިން އެންމެ ގިނައިން އޯގަސްޓް މަހު ކްލިއާ ކުރެވިފައިވަނީ ބިހެވެ.

އެގޮތުން، 71،037 ކޭސް ބިސް ކްލިއާ ކޮށްފައިވެ އެވެ. އަދި 55،581 ބަސްތާ ފިޔާ، 31،966 ބަސްތާ ކަރާ، 24،225 ބަސްތާ އަލުވި، 16،918 ބަސްތާ ޓޮމާޓޯ، 12،384 ބަސްތާ އަލަނާސި، 12،400 ބަސްތާ ކެބެޖް، 10،949 ގަނޑު ދޮންކެޔޮ، 3،687 ބަސްތާ ފޮނި ކެކުރި އަދި 5،583 ބަސްތާ ބަރަބޯ ޖެނެރަލް ކާގޯގެ ގޮތުގައި ކްލިއާ ކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.