މާލެއިން ފުރައިގެން ދިއްދޫއަށް ދަތުރުކުރަމުން ދަނިކޮށް އެ މުދާ އުފުލާ ބޯޓު ފަރަށް އަރާފައި ވަނީ ނ. ވަވަތިކުރޮޅިއަށެވެ. ފަރަށް އެރިއިރު ބޯޓުގައި 61 މީހުންން ދަތުރުކުރަމުން ދިޔަ އެވެ.
ގިނަ އަދަދެއްގެ މުދަލާއި އަދި މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ރޭ ފަރަށް އެރި ހއ. ދިއްދޫއަށް ނިސްބަތްވާ "މެގަ ހޯރަ" ބޯޑު މިއަދު ފުން ކޮށްފި އެވެ.
މާލެއިން ފުރައިގެން ދިއްދޫއަށް ދަތުރުކުރަމުން ދަނިކޮށް އެ މުދާ އުފުލާ ބޯޓު ފަރަށް އަރާފައި ވަނީ ނ. ވަވަތިކުރޮޅިއަށެވެ. ފަރަށް އެރިއިރު ބޯޓުގައި 61 މީހުންން ދަތުރުކުރަމުން ދިޔަ އެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ ދިޔަވަރު ބޮޑުވުމުން، މެގަ ހޯރަ ބޯޓު، އެހެން ދެ އުޅަނދެއްގައި ކަފުޖަހައިގެން މިއަދު 09:35 ހާއިރު ފުންކޮށްފައިވާ ކަމަށެވެ.
މިއީ 98 ފޫޓުގެ ބޮޑު ބޯޓެކެވެ. މިއީ ދިއްދޫގައި އޮތް މުދާ އުފުލާ އެންމެ ބޮޑު ބޯޓެވެ. މި ހާދިސާގައި ބޯޓަށް ގެއްލުމެއް ވެފައެއް ނުވެ އެވެ.