ފާފުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކޮށްފި

ބީއެމްއެލް އިން އިއްޔެ ވަނީ ފ. އަތޮޅުގައި އޭޓީއެމް ނެތް ދެ ރަށް ކަމަށްވާ، ދަރަނބޫދޫ އަދި މަގޫދޫގައި އޭޓީއެމްގެ ހިދުމަތް ފަށައި، އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމް ކޮށްފަ އެވެ.

ފާފުގައި އޭޓީއެމް ނެތް ރަށެއްގައި އިއްޔެ އެ ހިދުމަތް ފަށަނީ --

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމް ކޮށްފި އެވެ.

ބީއެމްއެލް އިން އިއްޔެ ވަނީ ފ. އަތޮޅުގައި އޭޓީއެމް ނެތް ދެ ރަށް ކަމަށްވާ، ދަރަނބޫދޫ އަދި މަގޫދޫގައި އޭޓީއެމްގެ ހިދުމަތް ފަށައި، އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމް ކޮށްފަ އެވެ.

މި ދެ އޭޓީއެމްތައް ހުޅުވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އޭޓީއެމް ހުޅުމުގެ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ބީއެމްއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ ފ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 24 ގަޑިއިރު ހިދުމަތް ލިބޭނެ އެންމެ ޒަމާނީ ފެންވަރުގެ ސެލްފް-ސާވިސް އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މިއީ އަމިއްލަ ރަށުގައި ތިބެގެން ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭންކުން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 170 ސެލްފްސާވިސް ބޭންކިން ސެންޓަރު، 228 އޭޓީއެމް ވަނީ ގާއިމްކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.