މި ބޮންޑަށް އިއުލާނުކުރީ 55 މިލިއަން ރުފިޔާ ހޯދާށެވެ. ބޮންޑަށް 49 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އިންވެސްޓަރުންނަށް އަހަރު 8.50 ޕަސެންޓުގެ ފައިދާއެއް ލިބޭނެ އެވެ.
ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް ޕްރައިވެޓް ލިމިޓެޑް (ޑީއައިޕީ) ފަންޑު މެނޭޖުކޮށްގެން މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ފެޑޯ ވިއްކި ރާއްޖޭގެ ފުރަތަމަ ކޮންސްޓްރަކްޝަން ބޮޑަށް 49 މިލިއަން ރުފިޔާ ހޯދައިިފި އެވެ.
ޑީއައިޕީ އިން ފެޑޯ ޕްރައިވެޓް ލިމިޓެޑުން ތަރައްގީ ކުރާ ޕްރީމިއަމް ހޮސްޕިޓަލިޓީ ސޭވަ މަަޝްރޫއުގެ ބޮންޑާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ މި މަޝްރޫއަށް 55 މިލިއަން ރުފިޔާ ހޯދަން ވިއްކަން ހުޅުވާލި ބޮންޑުގެ މުއްދަތު ހަމަވީއިރު 48.9 މިލިއަން ރުފިޔާ ގާތްގަނޑަކަށް 49 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ސީއެމްޑީއޭގެ ފިއަނަ ޕްލެޓްފޯމުގައި ކުރިއަށް ގެންދިޔަ މި މުއާމަލާތާ ބެހޭ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެންސިސް އާއި އަދި ރާއްޖޭގެ މާލީ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ޑީއައިޕީ ކުންފުނިން ބުނެފައިވާ ގޮތުގައި މި ބޮންޑަށް މިވަރުގެ ތަރުހީބެއް ލިބިގެން ދިއުމަކީ ރާއްޖޭގެ ކެޕިޓަލް މާކެޓަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށާއި މިއީ ތަފާތު ދާއިރާތަކުގެ ވިޔަފާރިތަކަށް ދިގުމުއްދަތުގެ ފައިނޭންސިން ލިބޭނެ އާ މަގުތަކެއް އުފެދިގެންދާނެކަމުގެ ހެއްކެއް ކަމަށެވެ.
ޑީއައިޕީ އިން ކާމިޔާބު ކަމާއެކު ބޮންޑު ވިއްކުން ކުރިއަށް ގެންދިޔައިރު މި ކުންފުނީގެ ފަންޑުތައް މެނޭޖު ކުރަން ސީއެމްޑީއޭއިން ވަނީ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑަށް ލައިސަންސް ދީފަ އެވެ. މި ކާމިޔާބީއާއެކު އެ ކުންފުންޏަށް ކުރިމަގުގައި ފަންޑު މެދުވެރިކޮށް އާއްމުންނަށް އިންވެސްޓް ކުރެވޭނެ ޔަގީންކަން ބޮޑު މާލީ ވަސީލަތްތައް ނެރެވޭނެ އެވެ.