ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ކައުންސިލުން ޚަރަދުކޮށް އަދި ކައުންސިލް ކުންފުނީގެ ގެ އެހީތެރިކަމާއިއެކު ރަށަށް އަރާ ފައިބަން އަލަށް ހަދާ ހުޅުވާ ދަތުރުވެރިންގެ ހިޔާގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަ ވެގެންދާނެ އެވެ.
ޓޫރިޒަމްގައި އެންމެ ފުންނާބު އުސް އެއް ރަށް ކަމަށްވާ އއ. ތޮއްޑޫ މި އަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އަރާފައިވަން ދަތުރުވެރިންގެ ހިޔާ ފާލަން ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ކައުންސިލުން ޚަރަދުކޮށް އަދި ކައުންސިލް ކުންފުނީގެ ގެ އެހީތެރިކަމާއިއެކު ރަށަށް އަރާ ފައިބަން އަލަށް ހަދާ ހުޅުވާ ދަތުރުވެރިންގެ ހިޔާގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަ ވެގެންދާނެ އެވެ. މި ހިދުމަތުގެ ސަބަބުން ރަަށުގެ މޫނުމައްޗަށް ވެސް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ. އަދި މި ތަނުން އިތުރުން ހިދުމަތްތައް ވަރަށް އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.
"މިދިޔަ ސީޒަންގައި ދުވާލަކު 300 މީހުން އަރައި ފޭބި. މި އަހަރު 400 އަށް އިތުރުވާނެ. އެހެންވެ މި ހިދުމަތުގެ ސަބަބުން ބޮޑު ލުޔެއް ޓޫރިސްޓުންނާއި ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ވެގެންދާނެ. މިހާރު އެއްފަހަރާ ހަތަރު ލޯންޗް ކައިރިކޮށްލެވޭނެ،" ކަރަމް ވިދާޅުވި އެވެ.
މިހާރު 80 ވަރަކަށް ގެސްޓްހައުސް ހުރި މި ވިޔަފާރި އެންމެ ފުރިހަމައަށް ކުރިއަށް ގެންދާ އެއް ރަށް ކަމަށްވާ ތޮއްޑޫއަކީ ރަޝިއާ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. މި ރަށަށް އަންނަ އަހަރުގެ ފެބްރުއަރީ މަހު ސީޕްލޭންގެ ދަތުރުތައް ފަށަން މޯލްޑިވިއަން އިން ދަނީ ތައްޔާރުވަމުންނެވެ.