އޭނާއަށް ފަރުވާ ދެމުން ދަނިކޮށް އެ ދުވަހު މެންދުރުގެ ވަގުތެއްގައި އޭނާއަށް ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ޖީބުން ވަނީ ވަޅިއެއް ވެސް ފެނިފަ އެވެ.

މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރުދައްކައި، މަރުގެ އިންޒާރު ދީފި އެވެ.
ފުލުހުން މިއަދު ބުނީ މިމަހުގެ 14 ވަނަ ދުވަހުގެ ފަތިހު ހިނގި މާރާމާރީއެއްގައި އަނިޔާ ލިބުނު ގދ. ވާދޫ، ލޫތު އިބްރާހިމް 28، އަށް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށުނު ކަމަށެވެ.
އޭނާއަށް ފަރުވާ ދެމުން ދަނިކޮށް އެ ދުވަހު މެންދުރުގެ ވަގުތެއްގައި އޭނާއަށް ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ޖީބުން ވަނީ ވަޅިއެއް ވެސް ފެނިފަ އެވެ.
އެހެންވެ، ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 19 ވަނަ ދުވަހު އޭނާ ވަނީ ފުލުހުން ހައްޔަރު ކޮށްފަ އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.