އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ ގުޅިގެން ޤައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން އެމްޕީއެލް އިން ހިންގާ ޕްރޮގްރާމްގައި ޖުމްލަ ހަ ދާއިރާއަކުން 30 ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އެމްޕީއެލް ބަނދަރުގައި ކުރާ މަސައްކަތްތަކުގެ މައުލޫމާތު ސްކޫލް ކުދިންނަށް ދެނީ -- އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީއާ ގުޅިގެން ގައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން އެމްޕީއެލް އިން ހިންގާ ޕްރޮގްރާމްގައި ޖުމްލަ ހަ ދާއިރާއަކުން 30 ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

  •  މެރިން މެކޭނިކް އެޕްރެންޓިސް (3 ޖާގަ)
  •  ހެވީ ވެހިކަލް މެއިންޓެނެންސް އެޕްރެންޓިސް (10 ޖާގަ)
  •  އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް އެޕްރެންޓިސް – (6 ޖާގަ)
  •  އެޑްމިނިސްޓްރޭޓިވް އެޕްރެންޓިސް – (1 ޖާގަ)
  •  ފަރުނީޗަރު ކާޕެޓްންޓްރީ އެޕްރެންޓިސް – (4 ޖާގަ)
  •  ވެލްޑިން ޓްކްނިކްސް އެޕްރެންޓިސް – (6 ޖާގަ)

މި ޕްރޮގްރާމަކީ 6 މަސް ދުވަހުގެ މުއްދަތަށް ހިންގާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކުވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ 15:30ގެ ކުރިން ފޯމު ހުށެހެޅުމަށް އެމްޕީއެލުން ވަނީ އެދިފަ އެވެ. މި ޕްރޮގްރާމްގެ ބައިވެރިންގެ ޝަރުތުތަކާއި ފޯމު ހުށަހަޅާ ގޮތުގެ މަޢުލޫމާތު ގެޒެޓް ކުރެވިފައިވާ އިއުލާން އިން ލިިބޭނެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.