އެމެރިކާގެ ރައީސް ޑޮނަލްޑ ޓްރަމްޕް އެކްސްގައި ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން ބަގްރާމް ވައިގެ ބަނދަރު ބޭނުންވެ އެވެ. އަދި އެތަން ނުދީފިނަމަ މައްސަލަ ވަރަށް ގޯސްވާނެކަމަށް ބުނެ ޓްރަމްޕް ވަނީ އިންޒާރު ދީފަ އެވެ.
އަފްޣާނިސްތާނުގެ މައި ވައިގެ ބަނދަރު، ބަގްރާމް ވައިގެ ބަނދަރު އެމެރިކާ ސިފައިން އަލުން ބޭނުންވާ ކަމަށާ، އެތަން ނުދީފިނަމަ މައްސަލަ ވަރަށް ގޯސްވާނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކްސްގައި ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން ބަގްރާމް ވައިގެ ބަނދަރު ބޭނުންވެ އެވެ. އަދި އެތަން ނުދީފިނަމަ މައްސަލަ ވަރަށް ގޯސްވާނެކަމަށް ބުނެ ޓްރަމްޕް ވަނީ އިންޒާރު ދީފަ އެވެ.
އަފްޣާނިސްތާނުގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ ބަގްރަމް ވައިގެ ބަނދަރަކީ އެމެރިކާ އިން 20 އަހަރު ވަންދެން ބާރުގެ ދަށުގައި އޮތް ތަނެކެވެ. އަދި އެތަނުގައި އެމެރިކާ އޮތް ދުވަސްވަރު އެތަނުގައި ލާއިންސާނީ އެތައް އަމަލުތަކެއް ހިންގާފައިވެ އެވެ.