ދެވަނަ ބުރުގައި މިހާތަނަށް 86 ކައުންސިލާ ބައްދަލުކޮށްފިން: ރައީސް

އަދި، ނޮވެމްބަރު މަހުގެ ފުރުތަމަ ހަފްތާ ނިމޭއިރު، ދެވަނަ ފަހަރަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ބައްދަލުކުރެއްވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. ނިލަންދޫ ކައުންސިލާ ބައްދަލު ކުރައްވަނީ --

ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރުމުގެ ދެވަނަ ބުރުގައި މިހާތަނަށް 86 ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާ ބައްދަލުކުރައްވައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަށްރަށަށް ވަޑައިގެން، އެރައްރަށުގެ އެކި ކަންކަމާ ގުޅޭ ގޮތުން ރައީސް ގެންދަވަނީ ކައުންސިލްތަކާއެކު ބައްދަލުވުންތައް ބާއްވަމުންނެވެ. މި ބައްދަލުވުންތަކުގައި ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން ވެސް ބައިވެވަޑައިގަންނަވަ އެވެ.

ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ކައުންސިލާއެކު ބޭއްވި ބައްދަލުވުމާއެކު މިހާތަނަށް ދެވަނަ ބުރުގައި އެމަނިކުފާނަށް 86 ކައުންސިލާ ބައްދަލުކުރެއްވިފައިވާ ކަމަށެވެ.

އަދި، ނޮވެމްބަރު މަހުގެ ފުރުތަމަ ހަފްތާ ނިމޭއިރު، ދެވަނަ ފަހަރަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ބައްދަލުކުރެއްވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދޮޅު އަހަރު، ދެ އަހަރު ވެގެން ދާއިރު އަޅުގަނޑުމެން މި ގެންގުޅެނީ އަމަލީ ގޮތުން ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުން. އަޅުގަނޑުމެން މި އަންނަނީ ކައުންސިލްތައް ގާތަށް، ރައްޔިތުން ގާތަށް، މާލެއަކަށް ކައުންސިލެއް ނުގެންދަން. އަމިއްލަފުޅަށް ކައުންސިލްތަކުން މާލެ ވަޑައިގެންފާނެ. އެއީ އެ ބޭފުޅުންގެ އިހުތިޔާރުގައި އޮތް ކަމެއް،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މި ބައްދަލުވުންތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުން ބޭނުންވާ ކަންކަން މަޝްވަރާ ކުރެވިގެންދާ ކަމަށެވެ. އަދި އެމަނިކުފާނަކީ ލާމަރުކަޒީ ނިޒާމުގެ ފުރިހަކަން ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަމަށް ވެސް ފާހަގަކުރެއްވި އެވެ.

"އަމަލީ ގޮތުން ލާމަރުކަޒުކޮށް ގައުމު ހިންގުން މި ތަންފީޒު ކުރަނީ. އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ،" ރައީސް ވިދާޅުވި އެވެ.

އަދި، އެ ނިޒާމު ފުރިހަމަ ކުރުމަށް ކުރާ އެންމެ މުހިންމު މަސައްކަތަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ކަންކަން ފަހިކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ ކޮމެޓީތަކަށް ރޯދަ އިނާޔަތް ވެސް ދޭން ފެށުމުގެ އިތުރުން، އަންނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން 10 ޕަސެންޓް އެ ކޮމެޓީތަކަށް ދޭން ނިންމުން ހިމެނޭކަން ފާހަގަކުރެއްވި އެވެ.

"އަންހެނުން ބާރުވެރިކުރުމަކީ އަޅުގަނޑުގެ ވަރަށް މުހިންމު ސިޔާސަތެއް. މެނިފެސްޓޯގަ ކަނޑައަޅާފަ އޮތް، އަމަލީ ގޮތުން ތަންފީޒު ކުރާ ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.