ރާއްޖެ އަންނަ ޓޫރިސްޓުންގެ 45 ޕަސެންޓް ޗުއްޓީ ހޭދަކުރަނީ މާލެ އަތޮޅުގައި

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް 1,486,926 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މީގެ ތެރޭން 666,101 ޓޫރިސްޓުން އައިސްފައިވަނީ މާލެ އަތޮޅުގައި ހުރި ޓޫރިސްޓުންނަށް ހިދުމަތްދޭ ވަސީލަތްތަކަށެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް މާފުށީ ގެސްޓްހައުސްއެއްގައި -- މިރާ

ރާއްޖެ އަންނަ ޓޫރިސްޓުންގެ %45 ޗުއްޓީ ހޭދަކުރަނީ މާލެ އަތޮޅުގައި ކަމަށް ޓޫރިޒަމް ހިސާބުތަކުން ދައްކައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް 1,486,926 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މީގެ ތެރޭން 666,101 ޓޫރިސްޓުން އައިސްފައިވަނީ މާލެ އަތޮޅުގައި ހުރި ޓޫރިސްޓުންނަށް ހިދުމަތްދޭ ވަސީލަތްތަކަށެވެ.  

ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ހޭދަ ކުރާ ކަމަށް ދައްކަނީ އދ. އަތޮޅުގަ އެވެ. މި އަތޮޅުގައި ޖުމްލަ 129،859 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވެ އެވެ. މިއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ %8.7 ހިއްސާ އެވެ. 

ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ އަތޮޅުތައް

  •  މާލެ އަތޮޅު - 666,101
  •  އދ އަތޮޅު - 129،859
  •  ރ އަތޮޅު - 114،861
  •  ދ އަތޮޅު - 74،497
  •  ނ. އަތޮޅު - 68،779

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި ޖުމްލަ 65,258 އެނދު ހުއްޓެވެ. އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ އޮކިއުޕެންސީ ރޭޓް ހުރީ % 55.4 ގަ އެވެ. 

މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,563,194 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 1,426,698 ޓޫރިސްޓުންނާ އަޅާބަލާއިރު % 9.6 އިތުރުވުމެކެވެ. މި އަހަރު 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.