މި އެންމެންގެ މައްޗަށް ވަނީ ޑައިމޯފިން ޓްރފިކް ކުރުމާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ހުރިހާ ދައުވާއެއް ސާބިތުވެފަ އެވެ. ކޮންމެ ދައުވާއެއްގައި 25 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފަ އެވެ.
ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުވާ އުފުލާފައިވާ އެންމެންގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އޮކްޓޯބަރު، 2020 ގައި ހުޅުމާލޭ ފަޅުގައި އޮތް ޖަމްބޯ ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އެ އެންމެން ވެސް ވަނީ 50 އަހަރަށް ޖަލަށް ލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފަ އެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވާ ޝަހީބާއި އަހުމަދު މޫސާއަކީ އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރާ މީހުންނެވެ.
މި އެންމެންގެ މައްޗަށް ވަނީ ޑައިމޯފިން ޓްރފިކް ކުރުމާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ހުރިހާ ދައުވާއެއް ސާބިތުވެފަ އެވެ. ކޮންމެ ދައުވާއެއްގައި 25 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފަ އެވެ.
އަނަސް އާއި އަސީލްގެ މައްޗަށް ކެނެބިސް ބޭނުން ކުރުމުގެ ދެ ދައުވާ އުފުލާފައި ވާތީ އެމީހުންގެ މައްޗަށް ވަނީ އެ ދައުވާއަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމް އިތުރު ކޮށްފަ އެވެ.
މި މައްސަލައިގެ ހުކުމް ކޮށްފައި ވަނީ ޝަހީބު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްގެންނެވެ. އެ މައްސަލައިގެ ހުކުމް އިއްވާ އަޑުއެހުމަށް ހާޒިރު ނުވެ، ފިލައިގެން އުޅޭތީ ޝަހީބު ހޯދަން ފުލުހުން އިއުލާނުކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
ޝަހީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި ހުރި މީހެކެވެ. އޭނާ ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކޮށްފަ އެވެ.