ކެޔޮދޫ ސްކޫލުގައި ހަތަރު ބުރީގެ އާ އިމާރާތެއް

ގާތްގަނޑަކަށް 200 އެއްހާ ދަރިވަރުން ކިޔަވާ އެ ސްކޫލުގައި ހަތަރު ބުރީގެ އިމާރާތެއް އަޅަން ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ.

ކެޔޮދޫ ސްކޫލް މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރަނީ --

ވ. ކެޔޮދޫ ސްކޫލުގައި ޖާގަ އިތުރު ކުރުމަށް ހަތަރު ބުރީގެ އިމާރާތެއް އަޅަން ނިންމައި، މިއަދު ސޮއިކޮށްފި އެވެ.

ގާތްގަނޑަކަށް 200 އެއްހާ ދަރިވަރުން ކިޔަވާ އެ ސްކޫލުގައި ހަތަރު ބުރީގެ އިމާރާތެއް އަޅަން ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލްލަތީފް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައުދީ އެވެ.

އެ ރަސްމިއްޔާތަށްފަހު އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން އެރަށު ސްކޫލުގެ ކްލާސްރޫމްތައް ވެސް ވަރަށް އަވަހަށް އޭސީ ކުރާނެ ކަމަށެވެ. އެކަން ކުރާނީ އެރަށު ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށްފަހުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ކެޔޮދޫ ރައްޔިތުންނާ ވާހަކަ ދައްކަވަނީ --

ރައީސް ވިދާޅުވީ މިއަހަރު ކްލާސްރޫމްތަކާއި ސްޓާފްރޫމްތައް އޭސީ ކުރަން އިސްކަން ދިން ނަމަވެސް، އަންނަ އަހަރުން ފެށިގެން އެ ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހި ފަށައި، ހޯލްތައް އޭސީ ކުރަން ފައްޓަވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައި ވަނީ އެރަށުގައި އަންނަ އަހަރު ޑޮލަރު އޭޓީއެމްއެއް ވެސް ބަހައްޓަވައިދެއްވާނެ ކަމަށެވެ.

މި ޖަލްސާގައި ވަނީ ކެޔޮދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމަށް ވެސް ހަވާލުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.