އެމްޕީއެލްއަށް 39 އަހަރު | މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކޮށްފި

މި ރަސްމިއްޔާތުގައި އެމްޕީއެލްއަށް ގިނަ އަހަރުތަކެއް ހިދުމަތްކޮށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ރިޓަޔާކުރި 15 މުވައްޒަފަކަށް ރިޓަޔަމަންޓް އެވޯޑް އެރުވާފައިވެ އެވެ.

އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފުލާ -- އެމްޕީއެލް

މޯލްޑިވްސް ޕޯޓްްސް ލިމިޓަޑް (އެމްޕީއެލް) އަށް 39 ވަނަ އަހަރު ފުރުމާ ދިމާކޮށް "އެނިވާސަރީ ނައިޓް" އެއް ބާއްވައި މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ. 

ހެންވޭރު ދަނޑުގައި ރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ހަފްލާގައި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާން، ބޯޑް މެމްބަރުން، އަދި ސަރުކާރުގެ ބައެއް ވުޒާރާތަކާއި މުޢައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި އެމްޕީއެލްއަށް ގިނަ އަހަރުތަކެއް ހިދުމަތްކޮށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ރިޓަޔާކުރި 15 މުވައްޒަފަކަށް ރިޓަޔަމަންޓް އެވޯޑް އެރުވި އެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ މިނިސްޓަރު ސައީދެވެ. އަދި، މި އަހަރުގެ ކުރީކޮޅު ނިޔާވި އެމްޕީއެލްގެ ސެކިއުރިޓީ ސާވިސަސްގެ މުވައްޒަފެއް ކަމަށްވާ ރަފީގް އަހުމަދުގެ ހިދުމަތުގެ ހަނދާނަށް ހާއްސަ އެވޯޑެއް ވަނީ އަރުވާފަ އެވެ. އޭނާ ވަނީ ކުންފުންޏަށް 29 އަހަރު ހިދުމަތް ކޮށްފަ އެވެ.

މީގެ އިތުރުން، އެމްޕީއެލްގެ މުވައްޒަފުންގެ މެދުގައި ދޭ ހަތަރު އެވޯޑަކަށް ހޮވުނު މުވައްޒަފުންނަށް ވެސް އެ ރަސްމިއްޔާތުގައި ވަނީ އެވޯޑް ދީފަ އެވެ. އެއީ ރައިޒިން ސްޓާ އެވޯޑް، އައުޓްސްޓޭންޑިން އެެޗީވްމަންޓް އެވޯޑް، އައުޓްސްޓޭންޑިން ލީޑާޝިޕް އެވޯޑް އަދި ޓޮޕް 10 ސްޓާފް އެވޯޑެވެ. 

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ކޯޕަރޭޓް މެގަޒިން "އުޅަނދު"ގެ ފުރަތަމަ އަދަދު ވަނީ ލޯންޗްކޮށްފަ އެވެ. މި މެގަޒިން ލޯންޗްކޮށްދެއްވީ އެމްޕީއެލްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ކަމާލުއްދީނެވެ.

އެމްޕީއެލް 40 ވަނަ އަހަރީ ލޯގޯ ލޯންޗްކުރި

އެމްޕީއެލްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ކަމާލުއްދީން އެ ކުންފުނީގެ 40 ވަނަ އަހަރީ ލޯގޯ ތައާރަފު ކޮށްދެއްވަނީ -- އެމްޕީއެލް

އަންނަ އަހަރަކީ އެމްޕީއެލްއިން 40 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އަހަރަށްވާތީ، އެ މުނާސަބަތުގެ ހާއްސަ ލޯގޯ އެއްވެސް ވަނީ އިފްތިތާހްކޮށްފަ އެވެ. އަދި، 40 ވަނަ އަހަރީ ދުވަހުގެ ކައުންޓްޑައުން ވަނީ ރަސްމީކޮށް ފަށައިފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށެވެ. އަދި ކުންފުނީގެ 40 އަހަރަށް ކުރިމަތިލާއިރު، ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.

އެމްޕީއެލްއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މުވައްޒަފުންނަށް ލިޔުން ހަވާލު ކޮށްދެނީ -- އެމްޕީއެލް

މި ރަސްމިއްޔާތުގައި މި އަހަރުގެ ރޯދަ މަހު ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ "މަށަށް އެނގޭ" ކުއިޒްގެ އެއްވަނަ އަށް ދިޔަ މުވައްޒަފަަށް ހުށަހަޅި މޮޓޯ ސައިކަލް ވެސް ވަނީ ހަވާލުކޮށްފަ އެވެ. އަދި އެ ރަސްމިއްޔާތުގައި ބައިވެރިވި މުވައްޒަފުންގެ މެދުގައި ލަކީ ޑްރޯއެއް ނަގައި، ގިނަ އިނާމުތަކެއް ވަނީ މުވައްޒަފުންނަށް ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.