އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 867,662 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 789,623 ޓޫރިސްޓުންނާ އަޅާބަލާއިރު ގާތްގަނޑަކަށް 10 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމްގެ 58 ޕަސެންޓް ހިއްސާއެއް ނަގައި، ޔޫރަޕު ބައްރުން އަންނަ ޓޫރިސްޓުންގެ އަދަދު 10 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އޮގަސްޓް މަހުގެ ނިޔަލަށް އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 867,662 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 789,623 ޓޫރިސްޓުންނާ އަޅާބަލާއިރު ގާތްގަނޑަކަށް 10 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް އުތުރު ޔޫރަޕުން ރާއްޖެއަށް 160,634 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައި 141,184 އަޅާބަލާއިރު % 13.8 ގެ އިތުރުވުމެކެވެ. އަދި ދެކުނު ޔޫރަޕުން ރާއްޖެއަށް 171,639 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު މި ސަރަހައްދުން އައި 160,212 ޓޫރިސްޓުންނާ އަޅާބަލާއިރު % 7.1 ގެ އިތުރުވުމެކެވެ.
ހުޅަނގު ޔޫރަޕުން މި އަހަރުގެ މިހާތަނަށް ޖުމްލަ 210,763 ޓޫރިސްޓުން އައިސްފައިވެ އެވެ. މި ސަރަހައްދުން މިދިޔަ އަހަރު އައިސްފައިވަނީ 196,507 ޓޫރިސްޓުންނެވެ. މި ސަރަހައްދުން ޓޫރިޒަމަށް %7.3 ގެ ކުރިއެރުމެއް ލިބިފައިވެ އެވެ. އިރުމަތީ މެޑިޓެރޭނިއަމް ޔޫރަޕުން މި އަހަރުގެ މިހާތަނަށް 14,999 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 14,146 މީހުންނާ އަޅާބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް ބަލާއިރު ޔޫރަޕުން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވަނީ ޓޫރިޒަމްގެ ދެވަނާގައި އޮތް ރަޝިއާ އެވެ. އެ ގައުމުން މިހާތަނަށް 178,530 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 146,697 މީހުންނާ އަޅާބަލާއިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ.
ސަރުކާރުން ކުރިން އަންދާޒާ ކުރީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށެވެ. ނަމަވެސް މަރުކަޒީ ބޭންކުގެ އަންދާޒާތައް ދައްކާ ގޮތުން މި އަހަރު 2.4 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ އެވެ.