ސުޕްރީމް ކޯޓުގެ އެކި މާލަމްތަކަށް ކުރީގެ އުންތަމަ ފަނޑިޔާރުންގެ ނަން

އެގޮތުން ޝަރީއަތުގެ މާލަމަށް ދީފައި ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ފަލީލަތުއްޝައިހް ހުސައިން ސަލާހުއްދީން އާއި ގުޅުވައި ހުސައިން ސަލާހުއްދީން މާލަމް އެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތް ކުރާ މާލަމަށް ހުސައިން ސަލާހުއްދީން މާލަމުން ނަން ދީފައި --

ސުޕްރީމް ކޯޓަށް 17 އަހަރު ފުރުމާ ގުޅިގެން، އެކޯޓުގެ އެކި މާލަމްތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރުންގެ ނަމުން ނަން ދީފި އެވެ.

ފެހި ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ސުޕްރީމް ކޯޓު ގާއިމް ކޮށްފައި ވަނީ ސެޕްޓެމްބަރު 18، 2008 ގައެވެ. އިއްޔެ އެކޯޓުގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފައިވާއިރު، ސުޕްރީމް ކޯޓުން ބުނީ ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ނިސްބަތް ކުރައްވައިގެން ހާއްސަ ނަންތަކެއް އެ ކޯޓުގެ މާލަމްތަކަށް ދީފައިވާ ކަމަށެވެ.

އެގޮތުން ޝަރީއަތުގެ މާލަމަށް ދީފައި ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ފަލީލަތުއްޝައިހް ހުސައިން ސަލާހުއްދީން އާއި ގުޅުވައި ހުސައިން ސަލާހުއްދީން މާލަމް އެވެ.

ޑެލިބަރޭޝަން ރޫމަށް ނަން ދީފައި ވަނީ ކުރީގެ މުހައްމަދު ޖަމީލު ދީދީ މާލަމް އެވެ. އަދި، ފަނޑިޔާރުންގެ މަޖިލިސްކުރާ މާލަމަށް މޫސާ ފަތުހީ މާލަމްގެ ނަމުން ނަން ދީފައިވާއިރު، އެކޯޓުގެ މެއިން ހޯލަށް ނަން ދީފައި ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަންދުﷲ ޖަލާލުއްދީން އާއި ގުޅުވައި، ޖަލާލުއްދީން ދަރުބާރުގެ ނަމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.