ނިލަންދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ބިޑަށް

ޓޫރިޒަމް މިނިސްޓްރީން ބުނީ ނިލަންދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 13,300 އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދަން ބޭނުންވެ އެވެ.

ފ. ނިލަންދޫ --

ފ. ނިލަންދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނީ ނިލަންދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 13,300 އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދަން ބޭނުންވެ އެވެ. 

މި މަޝްރޫ އަށް ކުރިމަިތލާ ފަރާތްތަކުން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 11:00 ގައި ވާޗުއަލްކޮށް، ޓީމް މެދުވެރިކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުން އޮންނާނެ އެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ ނޮވެމްބަރު 20 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީފަ އެވެ. 

ނިލަންދޫގައި ދެ ރިސޯޓް ހަދަން 2022 ގައި ވެސް މަސައްކަތް ކުރި އެވެ. އޭރު ކައުންސިލްގެ ވިސްނުން ހުރީ އާބާދީގައި 2،500 މީހުން އޮންނަ މި ރަށުގަ ކޮންމެ ރިސޯޓަކުން 200 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށްދާ ގޮތެއް ނުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.