ޝަހީބު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރު ކޮށްފި

މިރޭ ފުލުހުން ބުނެފައި ވަނީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ފުލުހަށް ހާޒިރުވެފައި ވަނީ އޭނާގެ އަންހެނުން، މ. ކަރާދުބުރިގެ އައިޝަތު ވަހީދާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމުންނެވެ.

130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ހައްޔަރު ކުރި ޝަހީބް --

ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުވާ އުފުލާފައިވާ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމް 47، އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރު ކޮށްފި އެވެ.

ޝަހީބަކީ އޮކްޓޯބަރު، 2020 ގައި ހުޅުމާލޭ ފަޅުގައި އޮތް ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައި ހައްޔަރު ކުރި މީހެކެވެ. އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އޭނާ ދޫކޮށްލާފައި ވަނީ ޖުލައި، 2023 ގައެވެ.

އެ މައްސަލައިގެ ހުކުމް އިއްވާ އަޑުއެހުމަށް ހާޒިރު ނުވެ، ފިލައިގެން އުޅޭތީ ޝަހީބު ހޯދަން ފުލުހުން އިއުލާނުކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ފުލުހުން ބުނެފައި ވަނީ އޭނާ ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، އެކަމަކު ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މިރޭ ފުލުހުން ބުނެފައި ވަނީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ފުލުހަށް ހާޒިރުވެފައި ވަނީ އޭނާގެ އަންހެނުން، މ. ކަރާދުބުރިގެ އައިޝަތު ވަހީދާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމުންނެވެ. އަންހެން މީހާ ހައްޔަރު ކޮށްފައި ވަނޯ ޝަހީބު ފިލުވި ކަމުގެ ތުހުމަތުގަ އެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި ޝަހީބުގެ އިތުރުން ދެން އެންމެ އިސްކޮށް އުޅުނީ ވައިލެޓްވިލާ، ހއ. ހޯރަފުށި، އަހުމަދު މޫސާ އެވެ.

ޝަހީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި ހުރި މީހެކެވެ. އޭނާ ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ވެސް ވާދަކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.