އެޗްޑީސީން އެއް މިލިއަން ގަސް އިންދުމުގެ "ފެހި މަންޒަރު" އިފްތިތާހުކޮށްފި

އެ ކޯޕަރޭޝަނުން ބުނީ މި އިފްތިތާހު ކުރި ފެހި މަންޒަރަކީ، އެޗްޑީސީން މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑެެއް ކަމަށެވެ.

އެޗްޑީސީގެ "ފެހި މަންޒަރު" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --

އެޗްޑީސީ އިން އެއްމިލިއަން ގަސް އިންދުމުގެ ޕްލެޖްގެ ދަށުން، މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑު، "ފެހި މަންޒަރު" މިއަދު އިފްތިތާހު ކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ވަނީ އެއް މިލިއަން ގަސް އިންދަން ވައުދުވެފަ އެވެ. 

އެ ކޯޕަރޭޝަނުން ބުނީ މި އިފްތިތާހު ކުރި ފެހި މަންޒަރަކީ، އެޗްޑީސީން މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑެެއް ކަމަށެވެ. މި ފެހި މަންޒަރުން ހާމަވަނީ، ތިމާވެށި ހިމާޔަތް ކުރުމަށް އެޗްޑީސީން ކުރާ ބުރަ މަސައްކަތް ކަމަށާއި، އަދި ރައީސްގެ މިލިއަން ގަސް އިންދުމުގެ ވައުދު ފުރިހަމަ ކުރުމަށް ކުރަމުންދާ ހިތްވަރު ކަމަށް ވެސް ބުންޏެވެ.

"މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އެޗްޑީސީއިން ވެފައިވާ އެ އްމިލިއަން ގަސް އިންދުމުގެ ޕްލެޖްއަށް ވާސިލުވުމަށް އެޗްޑީސީ އިން އިންދަމުންދާ ގަސްތަކުގެ އަދަދު ރައްޔިތުންނަށް ދައްކާލުން. 2024 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 105,000 ގަސް ވަނީ މި ދެންނެވި ޕްލެޖްގެ ދަށުން އިންދައިފައިވޭ،" އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީ މައި އޮފީސް ސަރަހައްދުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް ގެ ޑެޕިޔުޓީ މިނިސްޓަރ އަހުމަދު އަތީފް، އެޗްޑީސީ ގެ ޗީފް އޮޕަރޭޝަންސް އޮފިސަރު އަހުމަދު އިބްރާހިމް، ފަސް މިލިއަން ގަސް މަޝްރޫއު ކޮމިޓީ މެންބަރުން، އަދި އެޗްޑީސީގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

އެޗްޑީސީން ބުނީ އުންމީދަކީ ވީ އެންމެ އަވަސް މުސްތަގުބަލެއްގައި އެއް މިލިއަން ގަސް އިންދުމާއި ހަމައަށް ވާސިލުވުން ކަމަށެވެ. އަދި، ޕްލެޖްގެ ދަށުން ރައްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ގަސް އިންދުމަކީ އެޗްޑީސީ ގެ އުންމީދެއް ކަމަށްވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.