އެ އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް ގެލުމެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ބާސެލޯ ނަސެންދުރާގެ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އެބަ ދެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ނަސަންދުރާގެ އިރުމަތީ ފަރާތުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ކަމަށެވެ.
މިހާރު އެ އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް ގެލުމެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި ނަސަންދުރާ ހޮޓަލަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.