ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 340 ބައިވެރިން

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗަށް ހޮވުނު 340 ބައިވެރިން މިއަދު ވަނީ ފުރާފަ އެވެ. މި ބައިވެރިން ޅ. މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނުތައް ފުރިހަމަކުރާނެ އެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ފުރަތަމަ ބެޗު މިއަދު ފުރަނީ --

ދިވެހިރާއްޖޭގެ ވަތަނީ ހިދުމަތުގެ ޕްރޮގްރާމު ކަމަށްވާ މޯލްޑިވްސް ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ފުރަތަމަ ބެޗު މިއަދު ފުރައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ މިދިޔަ މޭ މަހުގެ އެއްވަނަ ދުވަހު އެވެ. 

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗަށް ހޮވުނު 340 ބައިވެރިން މިއަދު ވަނީ ފުރާފަ އެވެ. މި ބައިވެރިން ޅ. މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނުތައް ފުރިހަމަކުރާނެ އެވެ.

މި ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ މިއަހަރުގެ ޖުލައި މަހު ބާއްވާފައިވަނީ މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގަ އެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ފުރަތަމަ ބެޗު މިއަދު ފުރަނީ --

ޑިފެންސް މިނިސްޓްރީން ބުނީ މި މަރުހަލާގައި ބައިވެރިން އިންޓަވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މި ހިދުމަތުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ މީހަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.