އައްޑޫގައި ވަކިވަކި ކައުންސިލްތައް ގާއިމް ކުރުމާމެދު ހިޔާލު ހޯދުމުގެ ވޯޓެއް ނަގަނީ

މި ވޯޓަކީ ވަރަށް މުހިންމު، އަދި ތާރީހީ ވޯޓެއް ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު 'ރައްޔިތުންގެ އަޑު' ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަނީ --

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލު ހޯދަން އަންނަ މަހު ވޯޓު ނަގަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ އުފެދިފައި އޮތް އޮތުމާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ކަމަށެވެ.

އެކަމުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި، އެހެންކަމުން އެ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅާނީ އެ ސިޓީގެ ރައްޔިތުން ކަމަށެވެ.

ރައީސް ވިދާޅުވީ އަންނަ އޮކްޓޯބަރު މަހު އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި ވޯޓަށް އެހުމަށް ނިންމަވާފައިވާ ކަމަށެވެ. އެވޯޓުގައި އަހާނީ ރައީސް ވިދާޅުވި ގޮތުގައި، "އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް 'އައްޑޫ' އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް 'އައްޑޫ ސިޓީ ކައުންސިލް'ގައި ރަށްތައް ތަމުސީލު ކުރާނީތޯ،" އެވެ.

"އައްޑޫ ހުޅުދޫ ކައުންސިލެއް ވަކިން އޮންނަންތޯ ބޭނުންވަނީ، ނޫނީ މިހާރު އޮންނަ ގޮތަށް އައްޑޫ ސިޓީ ކައުންސިލްތޯ. ހަމަ އެގޮތަށް އައްޑޫ މީދޫގައި ވެސް، އައްޑޫ ފޭދޫގައި ވެސް، އައްޑޫ މަރަދޫގައި ވެސް، އައްޑޫ މަރަދޫފޭދޫގައި ވެސް،" ރައީސް ވިދާޅުވި އެވެ. 

މި ވޯޓަކީ ވަރަށް މުހިންމު، އަދި ތާރީހީ ވޯޓެއް ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށްފައިވާ ރައީސް ތަސްދީގު ކުރައްވާފައި ވަނީ އިއްޔެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.