ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތަކުގެ މައްސަލައިގެ އަޑުއެހުމެއް މިމަހު 29 ގައި

އެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލުކޮށްފައި ވަނީ މިމަހުގެ 29 ވަނަ ދުވަހުގެ 11:30 އަށެވެ. މި މައްސަލައިގައި ވަކި ގޮތެއް ނުނިންމޭތީ ކްރިމިނަލް ކޯޓަށް ތަހުވީލު ކުރި މައްސަލަ ވަނީ މަޑުޖައްސާލާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މީގެ ކުރިން ޝަރީއަތެއްގައި --

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ހުށަހެޅި އާ ހެކިތައް ބަލައި ނުގަންނަން ހައިކޯޓުން ނިންމުމުން އިސްތިއުނާފް ކުރި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 29 ވަނަ ދުވަހަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.

އާ ރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. މި ދެ ދައުވާ ސާބިތުވެ، ޑިސެމްބަރު 25. 2022 ގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. މި މައްސަލައިގައި ދެން ހިމެނޭ ޔޫސުފް ނައީމް ޖަލަށްލީ ތިން އަހަރަށެވެ.

ކުށް ސާބިތު ވުމުން މި ދެ ބޭފުޅުންގެ ފަރާތްޕުޅުން ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ ކޯޓުން ވަނީ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ތަހުވީލުކޮށް، އެ ހުކުމް ބާތިލު ކޮށްފަ އެވެ.

ހައިކޯޓުގެ ނިންމުމުގައި އަލުން މައްސަލަ ބަލައި ގޮތެއް ކަނޑައަޅަން ނިންމާފައިވާއިރު، ދިފާއީ ހެކި ނަފީ ކުރުމަށް ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ވަނީ އަންގާފަ އެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައި ވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫންކަމަށް ބަޔާން ކޮށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ އަލުން ބެލުމަށް ތަހުވީލު ކޮށްފައިވާ މި މައްސަލައިގައި، އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތެއް ކަމަށެވެ. އެހެންކަމުން އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އެންގި ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވެ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލުކޮށްފައި ވަނީ މިމަހުގެ 29 ވަނަ ދުވަހުގެ 11:30 އަށެވެ. މި މައްސަލައިގައި ވަކި ގޮތެއް ނުނިންމޭތީ ކްރިމިނަލް ކޯޓަށް ތަހުވީލު ކުރި މައްސަލަ ވަނީ މަޑުޖައްސާލާފަ އެވެ.

މީގެ ކުރީގެ އަޑުއެހުމެއްގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް އެ މައްސަލަ ނުބެލޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ދައުލަތުން އާ ހެކިތަކުގެ ގޮތުގައި ހުށަހަޅާފައި ވަނީ ހެކިން ދެއްކި ވާހަކަތަކަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށާއި، ހައިކޯޓުން ވެސް އެ ހެކިތައް އެއްފަރާތްކުރީ، ރިބެޓްލް ހެކި ހުށަހެޅުމަށް އަމަލުކުރާނެ ވަކި އުސޫލެއް ޖިނާއީ އިޖުރާއަތު ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން ކަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވިދާޅުވެފައިވެ އެވެ. އެހެންކަމުން އެ ހެކިތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ވެސް ގޮތެއް ނުނިންމޭނެތީ، މި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވަނީ ހުށަހަޅުއްވާފަ އެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މައްސަލައިގެ އާ ހެކިތަކާ ގުޅޭ ބައި އެކަންޏެވެ. މި އިސްތިއުނާފުގެ ސަބަބުން، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ އެވެ. ހައިކޯޓުގެ ނިންމުމާއެކު ރައީސް ޔާމީން ވަނީ މިނިވަންވެވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.