މުޖުތާޒް ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، މުހައްމަދު މުޖުތާޒް އައްޔަނު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މުޖުތާޒް ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ. އޭނާއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީމެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން މުޖުތާޒާއި ހަވާލުކުރައްވާފަ އެވެ.
މުޖުތާޒް ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވާއިރު، އޭގެ ތެރެއިން ތިން މެމްބަރުންނަކީ މަޖިލީހުން ކަނޑައަޅާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ އިތުރުން އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރެކެވެ.
ދެން ތިއްބަވަނީ ރައީސް އައްޔަނުކުރައްވާ މެންބަރަކާއި، ސީއެސްސީގެ ރައީސް ާއި ބަންޑާރަ ނައިބާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއްގެ އިތުރުން، ސުޕްރީމް ކޯޓު، ހައިކޯޓު އަދި ދަށު ކޯޓަކުން އައްޔަނު ކުރާ ތިން ފަނޑިޔާރުންނެވެ.