"އިއްޔެ އަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް"

"ރައްޔިތުންގެ އިޖުތިމާއީ އަދި ސިޔާސީ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި އެމްޑީޕީން އަބަދުވެސް ސާބިތު އޮންނާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --

ރައްޔިތުންގެ މަޖިލީހުން އިއްޔެ މީޑިއާ ރެގިއުލޭޓް ބިލު ފާސްކުރުމުން، އިއްޔެ އަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބިލު ޕާސްކުރުމާއެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް އައި ހިތާމަވެރި ދުވަހެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލީހަށް ލިބިފައިވާ ސުޕަމެޖޯރިޓީގެ ބޭނުން ކުރައްވައިގެން، އަވަސް އަރުވާލައިގެން ފާސްކުރި މީޑިއާ ބިލުގެ ސަބަބުން ނޫސްވެރި ކަމަށް ލިބިފައި އޮތް މިނިވަންކަން ނިމުމަކަށް އައިސްފައިވާ ކަމަށް އެ ޕޯސްޓުގައި ރައީސް ސޯލިހު ފާހަގަކުރައްވާފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ނޫސްވެރިންނާއި، މީޑިއާތަކާއި، އިދިކޮޅު ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން އާންމުން ނުކުމެ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ދަނިކޮށް ބިލު ފާސް ކުރުމުން ހާމަވެގެން ދަނީ ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާ މިންވަރު ކަމަށެވެ.

"ރައްޔިތުންގެ އިޖުތިމާއީ އަދި ސިޔާސީ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި އެމްޑީޕީން އަބަދުވެސް ސާބިތު އޮންނާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އިއްޔެ މަޖިލީހުން އެ ބިލު ފާސްކޮށްފައި ވަނީ ނޫސްވެރިންނާއި އެމްޑީޕީން ނުކުމެ މުޒާހަރާ ކުރަމުން ދަނިކޮށެވެ. ބިލު ފާސްކޮށްފައި ވަނީ ތަޅުމުގައި އިހުތިޖާޖު ކުރަމުން ދިޔަ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު ނެރުމަށްފަހު އެވެ.

ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.