މި ބިލުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށްފައިވާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައީސްއަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި މި ބިލު ފާސްކޮށްފައި ވަނީ އިއްޔެ ދައުރުން ބޭރުން ބޭއްވި ޖަލްސާގަ އެވެ. ބިލު ފާސްކޮށްފައި ވަނީ 64 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންނެވެ.
ކޮމެޓީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެންފި ހިނދެއްގައި، ރާއްޖޭގެ ވަކި ސަރަހައްދެއްގެ ރައްޔިތުންނާ ގުޅުންހުރި ކަމެއްގައި އެ ސަރަހައްދެއްގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހިޔާލު ހޯދުމުގެ ވޯޓެއް ނެގިދާނެ ކަމަށް ބަދަލުކުކޮށްފަ އެވެ.
ކޮމެޓީން ބިލަށް ގެނައި އިތުރު އިސްލާހުތަކުގެ ތެރޭގައި، ވަކި ސަރަހައްދަކަށް ހާއްސަކޮށްގެން ވޯޓު ނަގާނަމަ މަދުވެގެން 45 ދުވަހުގެ ތެރޭގައި ވޯޓު ނަގަން ޖެހޭ ގޮތަށް ވަނީ ހިމަނާފަ އެވެ.
އޭގެ އިތުތުން އިލެކްޝަން ކޮމިޝަނަށް ބަޖެޓަށް އެދޭތާ 10 ދުވަހުގެ ތެރޭގައި ވޯޓަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް ވެސް ވަނީ ލާޒިމްކޮށްފަ އެވެ. ކުރިން ބިލުގައި އޮތީ 14 ދުވަހެވެ.
އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު، އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީން ވޯޓު ބާއްވަން ޖެހެ އެވެ.