ރާއްޖޭގެ އެކި ހިސާބުތަކުން ކުދި ވިޔަފާރީގެ ގޮތުގައި ތަކެތި އުފައްދާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި 700 ފަރާތަކުން ބައިވެރިވެފައިވާއިރު އޮންލައިންކޮށް ވިޔަފާރިކުރާ 200 ފަރާތެއް ބައިވެރިވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލީބާބާގަައި ދިވެހި އުފެއްދުންތައް ވިއްކޭނެ ގޮތުގެ މައުލޫމާތު ދޭން މިއަދު ބޭއްވި ބައްދަލުވުމުގައި 700 އަށްވުރެ ގިނަ ކުދި ވިޔަފާރި ބައިވެރިވެއްޖެ އެވެ.
ބާސެލޯސް ނަސަންދުރަ ހޮޓެލްއަށް ހާޒިރުވެ އަދި އޮންލައިންކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކުދި ވިޔަފާރީގެ ގޮތުގައި ތަކެތި އުފައްދާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި 700 ފަރާތަކުން ބައިވެރިވެފައިވާއިރު އޮންލައިންކޮށް ވިޔަފާރި ކުރާ 200 ކުންފުންޏަކުންވެސް ބައިވެރިވެފައިވެ އެވެ.
އަން-ލޮކިން އީކޮމާސް ވިތް އަލީބާބާގެ ނަމުގައި ބޭއްވި މި ފޯރަމް ހުޅުއްވައި ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިންނަށް މި ހުޅުވާލަނީ ދިވެހި ކަނޑުތައް ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅަށް ގެންދިއުމުގެ ފުރުސަތެވެ. މިގޮތުން އަލީބާބާއެކު ހުޅުވާލާ މި ފުރުސަތު ލިބިގެން ދަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންނެވެ.
"އަލީބާބާގެ ފްލެޓްފޯމް ތަކުން ދިވެހި ވިޔަފާރިތަކަށް މުދާ ގަންނަން ތިބި 200 ގައުމުގެ 40 މިލިއަން ފަރާތާ ކަނެޓް ވެގެންދާނެ. މިއީ ދުވާލަކު މުދާ ގަންނަން ލިބޭނެ 400،000 ހުށަހެޅުން،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވިި ގޮތުގައި ރާއްޖޭގެ ކްރިއޭޓިން އިންޑަސްޓްރީގެ އުފެއްދުންތެރިކަން ޖީޑީޕީގެ 15 ޕަސެންޓަށް 20230 ގައި ގެންދިއުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަނެއް ކަމަށާ މިގޮތުން އަންނަ އަހަރަކީ މަސައްކަތްތެރިކަމުގެ އަހަރެއްގެ ގޮތުގައި ހެދުމަކީވެސް ރައީސްގެ ވިޝަނެކެވެ.
"މިއަދު މި އިވެންޓަށް ލިބުނު ތަރުހީބާއި ލިބުނު ކާމިޔާބުގެ ސަބަބުން އެނގިގެން ދަނީ އެމަގަށް ދިއުމުގެ ފުރުސަތު ބޮޑުކަން،" ސައީދު ވިދާޅުވި އެވެ.
މި ހަފުލާގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޗައިނާގެ ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރަފުވެ އިންވެސްޓްކުރަން ފަސޭހަ ގޮތްތަކެއް ފަހިވެގެންދާނެ އެވެ.
"މި ފުރުސަތުގެ ސަބަބުން މެރި ކަލްޗާ އާއު މަހުގެ ބާވަތްތައް އުފެއްދުމާއި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ޑިޖިޓަލް އިކޮނޮމީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަގު ފަހިވެގެންދޭ،" ސަފީރު ވިދާޅުވި އެވެ.