ރާއްޖެ-އިންޑިއާ ގުޅުމަށް 60 އަހަރު ފާހަގަ ކުރަން ހުޅުމާލޭގައި ގަސް އިންދައިފި

މި ހަރަކާތަކީ ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވޭ ހާއްސަ ހަރަކާތެކެވެ.

ހުޅުމާލޭގައި ގަސް އިނދުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން -- އެޗްޑީސީ

ދިވެހިރާއްޖެ އާއި އިންޑިޔާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި ގުޅިގެން، ފޮރިން މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަން އަދި އެޗްޑީސީ ގުޅިގެން 60 ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ. 

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އްޖެއަށް އިންޑިއާ އިން ކަނޑައަޅާފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް އާއި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.

އެޗްޑީސީން ބުނީ މި ހަރަކާތަކީރާއްޖެ އާއި އިންޑިއާ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރު ގަދަކޮށް ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުން ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރި އެވެ.

މި ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ރިޔާސީ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެކެވެ. އަދި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޗްޑީސީ އިން ދެމުންގެންދާ އެއްބާރުލުމުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.