އާލިއާ ބަޓް ވިހައިފި، ލިބުނީ އަންހެން ކުއްޖެއް

އާލިއާ އާއި ރަންބީރް ކައިވެނި ކުރީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެ ކައިވެނީގެ ކުރީކޮޅުގައި ވަނީ ބަނޑުބޮޑުކަން އިއުލާން ކޮށްފަ އެވެ. އާލި ވަނީ ބަނޑު ބޮޑު އިރު ވެސް ފިލްމުތަކުގައި މަސައްކަތްކަތް ކޮށްފަ އެވެ.

ބޮލީވުޑްގެ ކުޅަދާނަ ބަތޮލާ އާލިއާ ބަޓް، އޭނާގެ އަލަތު ދަރިފުޅު ވިހައިފި އެވެ. މިއަދު އާލި ވިހޭއިރު އޭނާ އާއި ރަންބީރު ކަޕޫރަށް ލިބުނީ އަންހެން ކުއްޖެކެވެ.

މިއަދު ހެނުދުނު އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައި އެޑްމިޓްވާން އާލިއާ އާއި ރަންބީރު ދިޔައިރު ރަންބީރުގެ މަންމަ ނީޓޫ ކަޕޫރާއި އާލިޔާގެ މަންމަ ސޯނީ ރަޒްދާން ވެސް ހޮސްޕިޓަލަށް ދިޔަ އެވެ.

އާލިއާ ވިހެއުމުގެ ހަބަރާއެކު މުޅި ބޮލީވުޑާއި އިންޑިއާގެ މީޑިއާ ވަނީ އާއިލާ އާއި ރަންބީރު ކަޕޫރަށް މަރުހަބާ ކިޔާފަ އެވެ.

އާލިއާ އާއި ރަންބީރް ކައިވެނި ކުރީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެ ކައިވެނީގެ ކުރީކޮޅުގައި ވަނީ ބަނޑުބޮޑުކަން އިއުލާން ކޮށްފަ އެވެ.

އާލި ވަނީ ބަނޑު ބޮޑު އިރު ވެސް ފިލްމުތަކުގައި މަސައްކަތްކަތް ކޮށްފަ އެވެ. އެގޮތުން މިހާރު ރިލީޒް ކޮށްފައިވާ "ބްރަމަސްތުރާ" ގެ ޕްރޮމޯޓް ކުރުމަގަ އާއި އޭނާ ބައިވެރިވާ ހޮލީވުޑް ފިލްމު "ދަ ހާޓް އޮފް ސްޓޯން" ޑެބް ކުރުމުގެ މަސައްކަތުގައި ވެސް ބައިވެރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.