ހުކުރު ދުވަހުން ފެށިގެން ހުޅުމާލެ ދެ ފޭސް ގުޅޭ ސަރަހައްދުގައި އިންޖީނު އުޅަނދު ދުއްވުން މަނާ

އަދި، އެ ސަރަހައްދަކީ އެ ކޯޕަރޭޝަނުން ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އަލާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއްކަން ވެސް އެ އިއުލާނުގައިވެ އެވެ.

ހުޅުމާލޭގެ ދެ ފޭސް ކުޅޭ ޗެނަލް -- ފޮޓޯ: އެޗްޑީސީ

އަންނަ ހުކުރު ދުވަހުން ފެށިގެން ހުޅުމާލެ އެއްވަނަ ފޭސް އާއި ދެވަނަ ފޭސް ގުޅޭ ސަރަހައްދުގެ މޫދުގައި އިންޖީނުލީ އުނޅަދު ދުއްވުން މަނާ ވާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ދެ ފޭސް ގުޅޭ ސަރަހައްދުގެ ޗެނަލަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި، މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ.

އަދި، އެ ސަރަހައްދަކީ އެ ކޯޕަރޭޝަނުން ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އަލާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއްކަން ވެސް އެ އިއުލާނުގައިވެ އެވެ.

އެހެންކަމުން މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދު ތެރޭގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށް އެ އިއުލާނުގައިވެ އެވެ. 

އެގޮތަށް ނިންމީ އެ ސަރަހަދުގައި މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުރަސް އެޅޭ ކަމަކަށްވާތީ އާއި، އެ ސަރަހައްދުގެ މޫދުގައި މުރަކަ އިންދައި އާލާކުރުމަށް އެ ކޯޕަރޭޝަނުން ކުރާ މަސައްކަތަށް ހުރަސް އެޅޭނެތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.