އެހެންކަމުން، މާދަމާ ރޭ 8:00 އިން 10:00 އަށް އެ ޗެނެލް މެދުކަނޑާލުމަށް ވަނީ އަންގާފަ އެވެ.
ބްރޯޑްކާސްޓް ކޮމިޝަންގެ ކޯޑް ޕްރެކްޓިސްގެ ހަމަތަކާ ހިލާފަށް ޕްރޮގްރާމް ފޮނުވާފައި ވާތީ ރާއްޖެޓީވީ އަށް ފަހުގެ އިންޒާރުދީ، ޗެނަލް13 އަށް ފިޔަވަޅު އަޅައިފި އެވެ.
ޗެނަލް13 އާ ގުޅިގެން ބަލާފައި ވަނީ އެ ޗެނެލްގެ ސޯޝަލް މީޑިއާ ލައިވްއެއްގައި ޕީއެންއެފްގެ "ދަ ފްރޮންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރުމުގެ ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ދައްކާފައިވާތީ ކަމަށެވެ.
އެހެންކަމުން، މާދަމާ ރޭ 8:00 އިން 10:00 އަށް އެ ޗެނެލް މެދުކަނޑާލުމަށް ވަނީ އަންގާފަ އެވެ.
ރާއްޖެޓީވީއާ ގުޅިގެން ބްރޯޑްކޮމް އިން ބަލާފައި ވަނީ "އެމްޑީޕީ ކުއްލި އެއްވުން" ގެ ނަމުގައި މިދިޔަ މާޗް 12 ވަނަ ދުވަހުގެ ރޭ 22:10 ގައި ބްރޯޑްކާސްޓް ކުރި ކޮންޓެންޓެއްގެ މައްސަލަ އެވެ. އެ އެއްވުމުގައި ކުޑަކުދިންގެ ކަރާމާތާއި ހައްގުތަކަށް ބުރޫއަރާފަދަ ކޮންޓެންޓް ހިމެނޭތީ އެ މައްސަލަ ބަލާފައި ވަނީ އެ ކޮމިޝަނުން އިސްނަގައިގެންނެވެ.
ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމަށް އަަމަލުކުރަންވީ ގައިޑްލައިނާ ރާއްޖެ ޓީވީން ވެސް ހިލާފުވެފައިވާ ކަމަށާއި އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ، އެ މައްސަލައެއްގެ ޒާތަށާއި ހައްސާސް ކަމަށް ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކޮމްއިން ބުންޏެވެ.
އެ ޖަލްސާގައި އެމްޑީޕީ އެކްޓިވިސްޓަކު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް ވާހަކަ ދައްކާފަ އެވެ.