މި މުނާސަބަ ދަނޑިވަޅުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ހައްގުތައް ހޯދަން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ އެކު ރާއްޖޭން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނުގެ މެސެޖުގައި ދެއްވި އެވެ.
ބައިނަލްއަގުވާމީ ޑިމޮކްރަސީގެ ދުވަހު، ފަލަސްތީނުގެ ރައްޔިތުންގެ ނިގުޅައިގެންފައިވާ ހައްގުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ގައުމުގެ ކަންކަން ނިންމުމުގެ އެންމެ އިސް ސަފުގައި އަންހެންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ކުރާ ދަތުރުގައި ސާބިތުކަމާއެކީ ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.
އަދި މި މުނާސަބަ ދަނޑިވަޅުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ހައްގުތައް ހޯދަން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ އެކު ރާއްޖޭން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނުގެ މެސެޖުގައި ދެއްވި އެވެ.
މިގޮތުން، މިނިވަން ދައުލަތެއްގެ ތެރެއިން އަމިއްލައަށް ކަންކަން ނިންމުމުގެ އަސާސީ ހައްގުން ފަލަސްތީނުގެ ރައްޔިތުން މަހުރޫމްކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.