ސީއެސްސީގެ ރައީސަކަށް މުޖުތާޒު، ނައިބަކަށް ނާސިހު އައްޔަނުކުރަން ކޮމިޓީން ރުހުންދީފި

އެ ދެ ބޭފުޅުންނަކީ ވެސް ސީއެސްސީގެ މެމްބަރުކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފައިވާ ބޭފުޅުން ކަމަށްވާތީ، އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އެ ބޭފުޅުން އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީން މިއަދު ފާސްކުރި

ސީއެސްސީގެ މެމްބަރުކަމަށް މުޖުތާޒް މިއަދު އައްޔަނުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަމަށް މުހައްމަދު މުޖުތާޒު އަދި ނައިބު ރައީސަކަށް އެ ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ރުހުންދީފި އެވެ.

ސީއެސްސީ ހިންގުމުގެ އެންމެ އިސް ދެ މަގާމަށް މި ދެ ބޭފުޅުން އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ، މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގަ އެވެ.

އެއާ އެކު، އެ މައްސަލަ ދިރާސާކުރަން ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، އެ ދެ ބޭފުޅުންނަކީ ވެސް ސީއެސްސީގެ މެމްބަރުކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފައިވާ ބޭފުޅުން ކަމަށްވާތީ، އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އެ ބޭފުޅުން އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީން މިއަދު ފާސްކުރި އެވެ. 

މުޖުތާޒު ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އޭޕްރީލް މަހު އެވެ.

އެ ކޮމިޝަނުގެ ރައީސަކަށް މިހާރު ހުންނެވި، ނާސިހު އެ ކޮމިޝަނަށް އެންމެ ފުރަތަމަ އައްޔަންކުރީ 2020 ވަނަ އަހަރު އެވެ. އެހެންވެ، މިއީ އެ ކޮމިޝަންގައި މަސައްކަތް ކުރައްވާ އޭނާގެ ދެވަނަ ދައުރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.