ބަދަލާއެކު ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީއަށް %38 ގެ އިތުރު ވުމެއް

މީރާގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 969 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރު ލިބުނު 700 މިލިއަނ ޑޮލަރެވެ.

ޓޫރިސްޓެއް އަތިރި މަތީގައި ފޮޓޯ ނަގަނީ : ޑޮލަރުގެ އާމްދަނީގެ ބޮޑުބައެއް ހިއްސާ ކުރަނީ ޓޫރިޒަމް

ބައެއް ޓެކްސްތައް ޑޮލަރުން ދެއްކޭ ގޮތަށް ގެނައި ބަދަލާއެކު، ޑޮލަރުން ދައުލަތަށ ލިބުނު އާމްދަނީ 38 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ދައްކައިފި އެވެ. 

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 969 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރު ލިބުނު 700 މިލިއަނ ޑޮލަރުގެ އާމްދަނީއާ އަޅާބަލާއިރު ބޮޑުތަން އިތުރުވެ، 38 ޕަސެންޓުގެ އިތުރުވުމެކެވެ. 

ޑޮލަރުން ބަލައިގަތް އާމްދަނީގެ ތެރޭން ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ މިދިޔަ މަހުގެ ނިޔަލަށް އުޅެނީ 34 ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރު 774 މިލިއަން ޑޮލަރުގެ އާމްދަނީގެ ގޮތުގައި ލިބުނުއިރު މިދިޔަ އަހަރު ލިބުނީ 575 މިލިއަން ޑޮލަރެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވެސް ވަނީ 56 ޕަސެންޓު އިތުރުވެފަ އެވެ. މި އަހަރު ޓެކްސް ނޫން ގޮތްގޮތުން އާމްދަނީގެ ގޮތުގައި 194 މިލިއަން ޑޮލަރު ލިބުނުއިރު، މިދިޔަ އަހަރު ލިބުނީ 124 މިލިއަން ޑޮލަރެވެ. 

ޑޮލަރުގެ އާމްދަނީ ލިބުނު ދާއިރާތައް

  •  ޓީޖީއެސްޓީ - 484 މިލިއަން ޑޮލަރު
  •  އިންކަމް ޓެކްސް - 115 މިލިއަން ޑޮލަރު
  •  ގްރީން ޓެކްސް - 95 މިލިއަން ޑޮލަރު
  •  ޑިޕާޗާ ޓެކްސް - 77 މިލިއަން ޑޮލަރު
  •  އެއާޕޯޓް ޑިވްލޮޕްމަންޓް ފީ - 78 މިލިއަން ޑޮލަރު
  •  ޓޫރިޒަމް ބިމު ކުލި އިތުރުކޮށްގެން - 30 މިލިއަން ޑޮލަރު
  •  ޓޫރިޒަމް ބިމު ކުލި - 69 މިލިއަން ޑޮލަރު

މި އަހަރުގެ ބަޖެޓަށް ޓެކްސް ރޭޓްތައް މަތި ކުރި ގްރީން ޓެކުހާއި ޓީޓީއެސްޓީން ލިބުނު އާމްދަނީ ވަނީ މަތިވެފަ އެވެ. އަދި ކުރިން ރުފިޔާއިން ދެއްކުމުގެ އިހުތިޔާރު އޮންނަ އޮތުން ދޫކޮށްލި ޓީޖީއެސްޓީގެ ބަދަލާއެކު ބަލައިގަތް ޓީޖީއެސްޓީގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. 

މި އަހަރުގެ މިހާތަނަށް ދައުލަތަށް ބަލައިގަތް ޖުމްލަ އާމްދަނީގެ ނިސްބަތް އުޅެނީ 22,2 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރު ބަލައިގަތް 19.9 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު ބޮޑުތަން އިތުރުވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.