ބީއެމްއެލް އިން ގދ. އަދި ގއ. ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް އައިސީޓީ ޕްރޮގްރާމެއް

ގްރޭޑް 6 އަދި 7 ގެ އަންހެން ދަރިވަރުންނަށް ހިންގި މި ޕްރޮގްރާމްގައި މިދާއިރާއިން ކެރިއަ ބިނާ ކުރާނެ ގޮތާއި މެންޓަޝިޕް ސެޝަނެއް ވެސް އޮތެވެ.

ބީއެމްއެލް އިން ގ.ދ އަދި ގއ. ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް އައިސީޓީ ދާއިރާގެ މައުލޫމާތު ދޭން ހިންގި ޕްރޮގްރާމް

ބީއެމްއެލް އިން ގ.ދ އަދި ގއ. ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް އައިސީޓީ ދާއިރާގެ މައުލޫމާތު ސެޝަން ބާއްވައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގި އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ

ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޜަންގެ އަންހެން މުވައްޒަފުންގެ ޓީމަކުން ހިންގި މި ޕްރޮގްރާމްގައި އައިސީޓީ ދާއިރާގެ މައުލޫމާތާއި މި ދާއިރާގައި އަދާކުރެވޭ ވަޒީފާތަކާ ބެހޭގޮތުން މައުލޫމާތު ފިނުން ހިމެނެއެވެ. ގްރޭޑް 6 އަދި 7 ގެ އަންހެން ދަރިވަރުންނަށް ހިންގި
މި ޕްރޮގްރާމްގައި މިދާއިރާއިން ކެރިއަ ބިނާ ކުރާނެ ގޮތާއި މެންޓަޝިޕް ސެޝަނެއް ވެސް އޮތެވެ.

މި ޕްރޮގްރާމްގެ ބައެއްގެ ގޮތުން، ބީއެމްއެލްއިން ކޮންމެ ސްކޫލަކަށް ކޮމްޕިއުޓަރު ސިސްޓަމެއް ހަދިޔާ ކުރި އެވެ. މިއީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމަށް ހިންގޭ މި ޕްރޮގްރާމްގެ ވިދިވިދިގެން ތިން ވަނަ އަހަރެވެ. ކުރީ އަހަރުތަކުގައި މި ޕްރޮގްރާމް ބާއްވާފައިވަނީ އއ. މަހިބަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.