ޕާކިސްތާނުގެ ކަރާޗީގައި ހިންގާ ސައްތާރު ބުކްޝްގެ މައްޗަށް ސްޓާބަކްސް އިން ޕާކިސްތާނުގައި ދައުވާ އުފުލީ ލޯގޯ އާއި އައިޑެންޑިޓީ ކޮޕީކޮށްފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލަ ސްޓާބަކްސް އަށް ކާމިޔާބެއް ނުވި އެވެ.
ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް މައްސަލައަކީ ޕާކިސްތާނުގެ ކެފޭއެއް ކަމަށްވާ ސައްތާރު ބުކްޝް އިން ދުނިޔޭގެ އެންމެ މަޝްރޫއު ބްރޭންޑް އަދި ކޮފީ ޖަޔަންޓް ސްޓާބަކްސް އާ ދެކޮޅަށް ކުރި ޓްރޭޑްމާކް ދައުވާ އެވެ. މި ދައުވާ ކަރާޗީގެ ކޯޓުގައި އުފުލައި އެންމެ ފަހުން މިވަނީ ސައްތާރު ބުކްޝް ކާމިޔާބުކޮށްފަ އެވެ.
ޕާކިސްތާނުގެ ކަރާޗީގައި ހިންގާ ސައްތާރު ބުކްޝްގެ މައްޗަށް ސްޓާބަކްސް އިން ޕާކިސްތާނުގައި ދައުވާ އުފުލީ ލޯގޯ އާއި އައިޑެންޑިޓީ ކޮޕީކޮށްފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލަ ސްޓާބަކްސް އަށް ކާމިޔާބެއް ނުވި އެވެ.
ސައްތާރު ބުކްޝް އަކީ 2013 ވަނަ އަހަރު ޕާކިސްތާނުގެ ވިޔަފާރިވެރިން ކަމަށްވާ ރިޒްވާން އަހުމަދާއި އަދުނާން ޔޫސުފް އުފެއްދި ވިޔަފާރިއެކެވެ. ގިނަ ބައެއްގެ ލޮލުގައި މި ބްރޭންޑް އަޅައިގަތީ ސްޓާބަކްސް އިން ބޭނުންކޮށްފަ ހުރި ކުލަތަކުގެ އިތުން ލޯގޯވެސް އެފަދަ ގޮތަކަށް ބޭނުންކޮށްފައި ހުރީމަ އެވެ. ނަމަވެސް ކެފޭގެ ބާނީން ބުނަމުން ދިޔައީ އެމީހުންގެ ބްރޭންޑަކީ ސަގާފީ މުރަކަތަކެއް އެކުލެވޭ ސްޓޭޖެއްގެ ގޮތުގައި އިމިޓޭޓްކޮށްފައިވާ ފަރުމާއެއް ކަމަށެވެ.
އެމީހުން ކިޔައިދިން ގޮތުގައި ‘ސައްތާރު ބުކްޝް’ އަކީ ޕާކިސްތާނުގައި ސަގާފީ ގޮތުން މާނަހުރި ނަމެއް ކަމަށާއި، އެއީ ގަރުނުތަކެއްގެ ތާރީހާ ގުޅިފައިވާ ނަމެކެވެ. އިތުރަށް ތަފާތު ކުރުމަށްޓަކައި އެމީހުން ފާހަގަކުރީ ލޯގޯ އެލިމެންޓްތަކުގެ ތަފާތުތައް ކަމަށްވާ، މޫނުމަތީގައި ހުންނަ ބަނޑިތަކާއި ފޮންޓްތަކާއި ކުލަ ޓޯންތަކެވެ. ފަހުން އެމީހުން ވަނީ އެމީހުންގެ ކެފޭ އާއި ސްޓާބަކްސް އާއި އެއްވެސް ގުޅުމެއް ނެތްކަން ސާފުކޮށްދިނުމަށް ޑިސްކްލޭމާސްވެސް އިތުރުކޮށްފަ އެވެ.
ޕާކިސްތާނުގެ ޓްރޭޑްމާކް ގާނޫނުގެ ދަށުން މަޝްހޫރު ބްރޭންޑްތަކަށް ހިމާޔަތްދެ އެވެ. އެހެންވެ މި މައްސަލާގައި ސްޓާބަކްސް އިން ބުނި ގޮތުގައި ސައްތާރު ބުކްޝް އިން ވަނީ މި ގާނޫނާ ހިލާފުވެފަ އެވެ.
އެހެންވެ ސްޓާބަކްސް އިން ކޯޓަށް ދިޔައީ މި ވިޔަފާރި ބަންދު ކުރުމަށެވެ. ނަމަވެސް އެންމެ ފަހުން ކޯޓުން ވަނީ ސައްތާރު ބުކްޝްގެ ފަރާތުން ހުކުމްކޮށް، އެ ވިޔަފާރި ހިންގުން ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފަ އެވެ.