ކްރައިޓީރިއާއަށް ގެނައި ބަދަލާއެކު އޭލެވެލް ކިޔަވާ ކުދިން އިތުރުވެއްޖެ

ނަމަވެސް މަތީ ސާނަވީގެ މުހިންމުކަން ބުނެދީ، ފަހު ފުރުސަތުތަކެއް ހޯދައިދީފައިވާތީ މިއަހަރު އޯލެވެލް ނިންމި 6500 ދަރިވަރުންގެ ތެރެއިން 3200 ދަރިވަރުން އޭލެވެލް ކިޔަވަން ވަދެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މާލޭގައި ހުޅުވި ސަރުކާރުގެ އޭލެވެލް ސްކޫލް، ސީއެޗްއެސްސީގެ ދަރިވަރުންތަކެއް --

މަތީ ސާނަވީ އަށް ވައްދާ ކްރައިޓީރިއާ ދަށް ކުރުމާއެކު، މިއަހަރު އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އޭލެވެލް ކިޔަވަން ވަތް ދަރިވަރުން އިތުރުވެއްޖެ އެވެ.

މިއަހަރުގެ އޭލެވެލްގެ ކިޔެވުން މިއަދު ވަނީ 3000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށާފަ އެވެ. 

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިދިޔަ އަހަރު 6700 ދަރިވަރުން އޯލެވެލް ނިންމިއިރު، އޭގެ ތެރެއިން އޭލެވެލް ކިޔަވަން ވަދެފައި ވަނީ 2100 ދަރިވަރުން ކަމަށެވެ. 

ނަމަވެސް މަތީ ސާނަވީގެ މުހިންމުކަން ބުނެދީ، ފަހު ފުރުސަތުތަކެއް ހޯދައިދީފައިވާތީ މިއަހަރު އޯލެވެލް ނިންމި 6500 ދަރިވަރުންގެ ތެރެއިން 3200 ދަރިވަރުން އޭލެވެލް ކިޔަވަން ވަދެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޕަސެންޓޭޖުން ބަލާނަމަ މިދިޔަ އަހަރު އޭލެވެލް ކިޔަވަން ވަދެފައި ވަނީ އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 32 ޕަސެންޓް ދަރިވަރުންނެވެ. މިއަހަރު އެ އަދަދު ވަނީ 49 ޕަސެންޓަށް އިތުރުވެފަ އެވެ.

ވީހާ ވެސް ގިނަ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަތީ ސާނަވީން ޖާގަދޭ ކްރައިޓީރިއާ ދަށްކޮށް، އުސޫލެއް ނެރެފަ އެވެ. 

މި އާ އުސޫލުގެ ދަށުން، މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް ފުރިހަމަކުރުމާއި، ސްކޫލުގައި ކުރިއަށް ގެންދާ ވޮކޭޝަނަލް އެޑިއުކޭޝަން ކިޔެވުމުން ހިމަނާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.