ވެލި ނަގާ ބާޖާއެކު ރާއްޖޭގެ އެންމެ ރީތި ބީޗްތައް ދެން އޮންނާނީ މާފުށީގަ

މާފުށި ކައުންސިލުން ވަނީ އިރުމަތި ފަރާތުގައި މާފުށީގެ ރައްޔިތުން މޫދަށް އެރެން ހާއްސަކޮށް ތަރައްގީ ކުރަން ނިންމާފަ އެވެ.

މާފުށީ ކައުންސިލްގެ ރައީސް ސޮލާހު އައިޓީބީ ފެއާގައި

މާފުށި ލޯކަލް އޮތޯރިޓީ ކުންފުނިން އަމިއްލައަށް ގެނައި ބާޖާއެކު ކުރިއަށް އޮތްތަނުގައި މުޅިރާއްޖޭގައި އޮތް އެންމެ ރީތި ބީޗުތައް އޮތް ރަށެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް ކައުންސިލުން ބުނެފި އެވެ. 

މާފުށީ ކައުންސިލް ކުންފުނީގެ ބަޖެޓުން ހަރަދުކޮށްގެން ދިވެހި ކުންފުންޏެއް މެދުވެރިކޮށް ބަނދެގެން ގެނައި ވެލިގަނާ ބާޖު "ރަންވެލި ބާޖު" ގެ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ މި ބާޖާއެކު އެންމެ ފުރަތަމަ ކުރާނެ ކަމަކީ މި ރަށު ރައްޔިތުންނަށް މޫދަ އެރެވޭނެ ގޮނޑުދޮށް ތަކެއް ހެދުން ކަމަށެވެ.

"މާފުށީގެ ބީޗް ހެދިގެންދާއިރު މި މަހު 15 ގައި މޫދު ރެސްޓޯރެންޓަކާ އެކީގައި ފަތާ ޓްރެކަކާއެކު ހާއްސަކޮށް އިސް ރަށްވެހިންނަށް ފަސޭހަކަމާއެކު ފާލަމަކުން ގޮސް ފަސޭހަކަމާއެކު މޫދަށް އެރެލެވޭ ފާލަމެއް އިރާދުކުރެއްވިއްޔާ ހަދަން ފަށާނަން،" ސޮލާހު ވިދާޅުވި އެވެ.

" އަޅުގަނޑުގެ އެންމެ ބޮޑު ހިތްހަަމަ ޖެހުމަކީ ރައްޔިތުން މިކަމުގައި އައިސް ނަގާ ފޯރި. މިއީ ހަމައެކަނި ރެބަން ކަނޑާލަނީއެއް ނޫން. މިއީ މާމޮޅު ކަމަކަށް ހަދާކަށް ނޫން. މިކަން ކުރަނީ ރައްޔިތުންނާއެކު. އެއްވެސ ރައްޔިތަކު ބާކީ ނުކޮށް ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދާނީ."

މާފުއްޓަކީ އެންމެ ގިނަ ޓޫރިސްޓު އެނދު ހުރި އެއް ރަށެވެ. މި ރަށުގައި މިހާރު 2000 އަށްވުރެ ގިނަ ޓޫރިސްޓު އެނދު ހުރިއިރު ގެސްޓްހައުސްތަކުގެ އަދަދު ވަނީ 100 އާ ގާތްކޮށްފަ އެވެ. އަދި މިހާރު ހަދަމުންދާ އިމާރާތްތަކާއެކު މި އަދަދު ދެގުނަ ވެގެންދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.