މާފުށި ތާރީހުގެ ތެރެއަށް | އަމިއްލައަށް ކައުންސިލް އިމާރާތެއް، ބީޗު ހަދަން އަމިއްލަ ބާޖެއް

މި ރަށު ކައުންސިލާއި ކައުންސިލް ކުންފުނީގެ އޮފީސް ހުންނަ އިމާރާތް ތަރައްގީ ކުރަނީ ފަސް ބުރިއަށެވެ. އަދި އަމިއްލައަށް ގެނައި ބާޖާއެކު ކައުންސިލް ކުންފުންޏަށް ވިޔަފާރީގެ ފުރުސަތުތަކެއް ވެސް ހުޅުވިގެންދާނެ އެވެ.

މާފުށީ ކައުންސިލް / ކައުންސިލް ކުންފުނީގެ އިމާރާތުގެ ބިންގާ އަޅަން ބޭއްވި ރަސްމިއްޔާތު -- މާފުށި ކައުންސިލް

ރާއްޖޭގެ ތާރީހުގައި ކައުންސިލަކުން އަމިއްލަ އަށް ފައިސާ ހޯދައިގެން ކައުންސިލް އަދި ލޯކަލް އޮފީހަށް އިމާރާތެއް ކުރަން ފަށައި ރަށުގެ ބީޗް ތަަރައްގީ ކުރަން އަމިއްލަ އަށް ބާޖެއް ހޯދައިފި އެވެ. 

މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާފުށީ މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ (އެމްއެލްއޭސީ) އާއި ކައުންސިލުގެ އޮފީސް ހިމެނޭ ފަސް ބުރީގެ އިމާރާތުގެ ބިންގާ އެޅުމުގެ އިތުރުން މި ރަށުގެ ބީޗް ހަދަން މާފުށި ކައުންސިލުން ގެނައި "ރަންވެލި ބާޖު" އިފްތިތާހުކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު އެވެ. މި ރަށު ކައުންސިލްގެ އިމާރާތް އަޅަނީ މާފުށި ކައުންސިލުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރު އުސޫލުން ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްއަށް ބަޔަކާ ހަވާލުކޮށްގެންނެވެ. 

މި ރަށުގެ ބީޗް ހަދަން ކައުންސިލް ކުންފުނިން ވަނީ ރާއްޖޭގައި ބަނދެގެން ބާޖެޓެއް ގެނެސްފަ އެވެ. އަދި މި ބާޖު ބޭނުންކޮށްގެން މާފުށީގެ ބީޗު ހެދުމުގެ އިތުރުން ވިޔަފާރި އުސޫލުންއެހެން ރަށްރަށާއި ރިސޯޓްތަކުގައިވެސް މަސައްކަތް ކުރާނެ އެވެ. މި ބާޖު ގެނައުމުގެ ރަސްމިއްޔާތުގައި މި ރަށު އަންހެނުންގެ ކޮމެޓީގެ ފަރާތުން ވަނީ ބާޖަށް ފަރިވަޅެއް ލާފަ އެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި ގޮތުގައި މިއަދު ފެނިގެން މިދަނީ ރައްޔިތުން އަމިއްލަ އަށް މަސައްކަތްކޮށްގެން ކުރިއެރުން ތަކެއް ހޯދިދާނެކަން ކަމަށާ، ކައުންސިލުން އަމިއްލަ އަށް ބާޖެއް ގެނެސް މަސައްކަތް ފެށުމުން މާފުށީ ކައުންސިލުން ދައްކުވައި ދެނީ ކުދި ވިޔަފާރިތަކުގެ ތެރެއަށް ނުވަދެ ވެސް ކައުންސިލްތަކަށް ހިދުމަތް ދެވިދާނެކަން ކަމަށެވެ.  

"މިއީ ލާމަރުޒަކީ ތާރީހުގައި ހާއްސަ ދުވަހެއް. ފުރަތަމަ ފަހަރަށް ކައުންސިލަށް ބޭނުންވާ އިދާރާ ކައުންސިލްގެ މަސައްކަތުން ހޯދި ފައިސާ އިން ކައުންސިލް ކުންފުނި މިކަން ކުރެވޭނެކަން ޔަގީން ކުރެވިގެން ދާ ދުވަސް މިއީ. މީގެ އިތުރުން މާފުށީ ލޯކަލް އޮތޯރިޓީ ކުންފުނިން އަޅާފައި މިވަނީ ވަރަށް ނަމޫނާ ފިޔަވަޅެއް. އެއީ ރާއްޖޭގެ ބައެއް މެދުވެރިކޮށް މިފަދަ ވަސީލަތެއް ]ވެލި އަޅާ ބާޖެއް ބަނދެއް] ހޯދުމުން މިއީ ލިބުނު ފަހުރަކާއި ޝަރަފެއް. އެއީ ކުދިކުދި ވިޔަފާރިތަކަށް ވަނުމުގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާނެ މަސައްކަތް ތަކެއް ކުރެވޭނެ ގާބިލްކަން އުފެއްދުން،" މިނިސްޓަރު ވިދާޅުވި އެވެ. 

މި ހަފުލާގައި ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ ކައުންސިލް އޮފީހާއި އިދާރާއަކީ ހަމައެކަނި މުވައްޒަފުން ހަމައެކަނި ތިބޭނެ ތަނެއް ނޫން ކަމަށާ މިއީ ދުރަށް ވިސްނަގައިގެން މާފުރިހަމަ ވިސްނުން ތަކެއް އުފަން ކުރުވާނެ ބިނާއަކަށެވެ. 

"މި ތަނުގެ ސަބަބުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފަސޭހަވެ. ބާރަށް އަވަސްކަމާއެކު ކުރިއަށް ގެންދެވޭނެ،" ސޮލާހު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިހާރުގެ ކައުންސިލުން 2022 ގައި ހަވާލުވެ ރަށުތެރެ ސާފުކުރަން ނުކުމެ ކަތިވަޅެއް ވެސް ހޯދަން ޖެހުނީ ރަށު ތެރެއިން ކަމަށާ އެކަމަކު މިހާރު އެ ހާލަތު މިވަނީ ހާސްބައި ތަފާތު ކުރެވިފަ އެވެ.  

"މިއަދު އިރާދުކުރެއްވިއްޖެނަމަ އަޅުގަނޑުމެންގެ ލޯކަލް އޮތޯރިޓީ ކުންފުނީގައި ހުރި ގާބިލްކަން މިރަށު އެއްވެސް މުއައްސަސާއަކަށް ވުރެ ފުރިހަމައަށް ހަމަޖައްސާފަ ހުންނާނެ. މިއީ އެއްވެސް ރައްޔިތަކު ދެބަސްވާނެ ކަމެއް ނޫން. މިއަދު ފުޓްސަލް ދަނޑުގެ ފެންސު ވައި ގަދަވެގެން ވެއްޓުނަސް ރައްޔިތުންނަށް އެކަން ނޭނގި ގޮސް ލޯކަލް އޮތޯރިޓީ ކުންފުނިން އެކަން ކޮށްލެވޭ،" ސޮލާހު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ލޯކަލް އޮތޯރިޓީ ކުންފުންޏަކީ ރައްޔިތުންގެ އެއްޗި ކަމަށާ މިއީ މިހާރު ކައުންސިލްގެ ރައީސް އާއި ކުންފުނި އެމްޑީގެ އަމިއްލަ އެއްޗެއް ނޫން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.