ހަތަރު އުމުރުފުރާއެއްގެ ޖުމްލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވި މި ދުވުން އޮތީ އިއްޔެ ހަވީރު ހުޅުމާލޭގަ އެވެ.
ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.
ހަތަރު އުމުރުފުރާއެއްގެ ޖުމްލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވި މި ދުވުން އޮތީ އިއްޔެ ހަވީރު ހުޅުމާލޭގަ އެވެ. މިދުވުމުގައި ބައިވެރިވި އުމުރުފުރާތަކަކީ؛
ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފަ އެވެ. ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވާފައި ވަނީ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އާއި ޗެއާޕާސަން އަހުމަދު އަލީ ހަބީބް އަދި ބޭންކުގެ އޮފިޝަލުންނެވެ.
ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ކުޑަކުދިންނާއި ބެލެނިވެރީންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ދުވުމެކެވެ. ބޭންކުން ބުނީ މި އިވެންޓުގެ މަގްސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ މުހިންމުކަން ފާހަގަކޮށް، އާއިލާތަކަށް މިފަދަ އާދަތައް އަށަގެންނެވުމަށް ހިތްވަރުދިނުން ކަމަށެވެ.