ވީއައީގެ އާ ޓާމިނަލް ކުރިމަތީގައި ވަގުތީ ޕާކިން ޒޯނެއް

މި ފެށޭ ހަފުތާއިން ފެށިގެން ވަކި އުސޫލެއްގެ ދަށުން، އާ ޓާމިނަލްގެ ކުރިމަތީގައި ވަކި ސަރަހައްދެއް ޕާކްކުރުމަށް ހަމަޖައްސާފައިވާ ކަމަށް، އެމްއޭސީއެލުން ބުންޏެވެ.

ވީއައިއޭގައި ކުރިން ބޭނުންކުރި ޕާކިން ޒޯނު. --ފޮޓޯ: އެމްބީއާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ކުރިމައްޗަށްވާ ގޮތަށް އޮންނަ ސަރަހައްދު، ވަގުތީ ގޮތުން ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުންކުރާ ގޮތަށް އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން ހަމަޖައްސައިފި އެވެ.

އާ ޓާމިނަލް ހުޅުވުމަށް އެ ސަރަހައްދުގައި އާންމުންނާއި އެއާޕޯޓުގެ މުވައްޒަފުން ބޭނުންކުރަމުން އައި ޕާކިން ޒޯނު ވަނީ ނަގައިފަ އެވެ. އެކަމުގެ ސަބަބުން ޕާކު ކުރެވޭނެ އިތުރު ގޮތެއް ނެތި އާންމުންގެ އިތުރުން އެއާޕޯޓު މުވައްޒުންގެ ވެސް ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އެމްއޭސީއެލުން މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، ވީއައިއޭގެ އާ ޓާމިނަލްގެ ހުޅަނގު ފަރާތުގައިވާ ސަރަހައްދު ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުންކުރުމަކީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ގޮތެއް ނޫން ކަމަށް ފެންނާތީ، އެ ސަރަހައްދަށް ބަދަލުތައް ގެނައުމަށް އެއާޕޯޓުގެ މާސްޓާޕްލޭންގައި ހިމަނާފައިވާ ކަމަށެވެ.

ނަމަވެސް އެއާޕޯޓުގެ ހިދުމަތް ހޯދާ އާންމުންނާއި އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މި ފެށޭ ހަފުތާއިން ފެށިގެން ވަކި އުސޫލެއްގެ ދަށުން، އާ ޓާމިނަލްގެ ކުރިމަތީގައި ވަކި ސަރަހައްދެއް ޕާކްކުރުމަށް ހަމަޖައްސާފައިވާ ކަމަށް، އެމްއޭސީއެލުން ބުންޏެވެ.

އަދި އެއާޕޯޓުގައި ޕާކްކުރުމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ޓަކައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް، އެމްއޭސީއެލުން ބުންޏެވެ.

އެގޮތުން މާލެއާއި ހުޅުމާލޭން އެއާޕޯޓުގެ އިރުމަތީ ސަރަހައްދުގައިވާ ޕާކިން ޒޯނަށް ފަސޭހައިން ވަދެވޭ ގޮތް ހެދުމަށް ލިންކް ރޯޑުގައި ޓްރެފިކް ލައިޓް ހަރުކުރުމާއި، މާލެއާއި ހުޅުމާލޭން އެއާޕޯޓަށް ކުރާ ބަހާއި ފެރީގެ ދަތުރުތައް ފުޅާކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލުން ބުނީ، ވީއައިއޭގެ އިރުމަތީ ސަރަހައްދުގައި ޕާކިން ޒޯން ތަރައްގީކޮށް ނިމުމުން، އާ ޓާމިނަލް ކުރިމަތީގައި ޕާކްކުރުމަށް ވަގުތީގޮތުން ކަނޑައަޅާފައިވާ ސަރަހައްދު އިރުމަތީ ފަރާތަށް ބަދަލުކުރެވޭނެ ކަމަށާއި، މިހާރު ވެސް އިރުމަތީ ފަރާތުގައި ޕާކްކުރާ އުސޫލުން ޕާކްކުރެވޭނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.